Advertisement

މޯލްޑިވްސް ބޯޑާ މައިލްސްގެ އެމްބެސެޑަރަކަށް ލިވަޕޫލްގެ ކުރީގެ ތަރިއެއް

20 ސެޕްޓެންބަރު 2021 - 15:02 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ހޯސޭ އެންރިކް، ލިވަޕޫލް އެފްސީ އަދި ނިއުކާސްލް ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު. -- ފޮޓޯ:މޯލްޑިވްސް ބޯޑާ މައިލްސް


މޯލްޑިވްސް ބޯޑާ މައިލްސްގެ އެމްބެސެޑަރަކަށް ލިވަޕޫލްގެ ކުރީގެ ތަރިއެއް

20 ސެޕްޓެންބަރު 2021 - 15:02 1

މޯލްޑިވްސް ބޯޑާ މައިލްސްގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރަކަށް ލިވަޕޫލުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހޯސޭ އެންރީކޭ ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް އަކީ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމެކެވެ. ޕްރޮގްރާމް ޑިވެލޮޕްކުރުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ ހަރަކާތްތެރިވެފަ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރުކަމަށް ހަމަޖައްސާފައިވާ އެންރީކޭ އަކީ ސްޕެއިނުގެ ޔޫތު ފުޓްބޯޅަ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ލިވަޕޫލުގެ އިތުރުން ނިއުކާސަލް އާއި ވެލެންސިއާ އަށް ކުޅެފަ އެވެ.

މިހާރު ގިނަ އައުޓްލެޓްތަކެއްގެ މީޑިއާ ޕާސަނަލިޓީގެ ގޮތުގައި ހަރަކާތްތެރިވާ އެންރީކޭ ބުނީ މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ އެމްބެސެޑަރުކަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. މި ޕްރޮގްރާމަށް ތައުރީފުކުރަމުން އޭނާ ބުނީ މިއީ ހާއްސަކޮށް ރާއްޖެ އަށް ތަކުރާރުކޮށް އަންނަ ފަތުރުވެރިންނަށް ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ލޯންޗުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު އެވެ.

މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދަށެވެ. އަދި ހާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިންނަށް ލިބޭ ފައިދާތައް ބަހަލާފައި ވަނީ އައިދަ (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އަށެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލް ކުރާ ފަތުރުވެރިއަކަށް ވެސް އެ ފަތުރުވެރިއަކު ހާސިލް ކުރާ ދަރަޖައަކާއި ގުޅޭ ހާއްސަ ފައިދާ ތަކެއް ލިބިގެން ދާނެ އެވެ.