Advertisement

ފާރުފުށި ރިސޯޓު ވިއްކާލަނީ

15 ސެޕްޓެންބަރު 2021 - 15:00 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ފާރުފުށި ރިސޯޓު. ފޮޓޯ: އަގޯޑާ


ފާރުފުށި ރިސޯޓު ވިއްކާލަނީ

15 ސެޕްޓެންބަރު 2021 - 15:00 0

ރ. އަތޮޅުގައި ހިންގަމުންދާ ފާރުފުށި ރިސޯޓު ވިއްކާލަން އެ ރިސޯޓު ހިންގާ ކުންފުނިން ނިންމައިފި އެވެ.

ފާރުފުއްޓަކީ ޖުމްލަ 80 ކޮޓަރީގެ ލަގްޒަރީ ރިސޯޓެކެވެ. އެ ރިސޯޓަކީ ޔުނިވާސަލް ރިސޯޓްސް ހިންގާ އެމްޔޫ އުމަރު މަނިކު ހިއްސާވާ ފާރުފުށި އިންވެސްޓްމެންޓްސް ކުންފުނިން ހިންގާ ރިސޯޓެކެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ވަނީ އެ ރިސޯޓު ވިއްކާލަން ރިސޯޓުގެ ވެރިފަރާތުން ނިންމާފައިވާތީ، އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ހޯމަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް އަންގައިދިނުމަށް އެދިފަ އެެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓާއި ގުޅިގެން މައްސަލައެއް ހުށަހަޅާނަމަ އީމެއިލް މެދުވެރިކޮށް ވެސް އެ މުއްދަތުގެ ތެރޭގައި އެ މިނިސްޓްރީއަށް އެންގޭނެ ކަމަށެވެ.

ފާރުފުށި އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ރިސޯޓަކީ "މިނިމަލިސްޓިކް" ޑިޒައިންއާއި ސަގާފަތުގެ މައްޗަށް ބިނާކޮށް، ޑިޒައިންކޮށްފައިވާ ރިސޯޓެކެވެ.

އިފުރު އެއާޕޯޓާއި 10 މިނެޓުގެ ދުރުމިނުގައި އޮންނަ އެ ރިސޯޓަކީ ރ. އަތޮޅުގެ އެންމެ އުތުރަށް އޮންނަ ރިސޯޓެވެ.