Advertisement

އީޖާދީ މަންސަ ކާމިޔާބުކުރި ހުށައެޅުންތައް އިއުލާނުކުރުން މި ހަފުތާގައި

13 ސެޕްޓެންބަރު 2021 - 18:09 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް: އީޖާދީ މަންސަ ޕްރޮގްރާމުގެ ދަށުން ކުއްޔަށް ބޮޑެތި ލުއިތަކެއްދީ ވިޔަފާރިތަށް ހިންގުމަށް ޔުނިޓުތައް ދޫކުރަނީ މި ފްލެޓުތަކުގެ ކޮމާޝަލް ޔުނިޓުތަކުން. -- ފޮޓޯ:އަދަދު


އީޖާދީ މަންސަ ކާމިޔާބުކުރި ހުށައެޅުންތައް އިއުލާނުކުރުން މި ހަފުތާގައި

13 ސެޕްޓެންބަރު 2021 - 18:09 0

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑިސީ)ގެ "އީޖާދީ މަންސަ" މުބާރާތް ކާމިޔާބުކުރި ހުށަހެޅުންތައް މި ހަފުތާގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެޗްޑީސީން ހުޅުވާލި ފުރުސަތަކީ ހިޔާ މަޝްރޫއާ ގުޅުވާ ފެށި މަސައްކަތެކެވެ. އަދި ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ލައިފްސްޓައިލް އަދި ހިދުމަތުގެ ވިޔަފާރިތައް ހިމެނޭ ގޮތަށް ކޮންމެ ދާއިރާއަކުން އެއް ވަނަ އަދި ދެ ވަނަ ހުށަހެޅުން ހޮވާނެ އެވެ.

މި މުބާރާތް ކާމިޔާބުކުރި ހުށައެޅުންތައް އިއުލާނުކުރުމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިސަރު، އަލީ މަޝާރު ވިދާޅުވީ، މުބާރާތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ވަނަ ވަނައަށް ދިޔަ ޕްރޮޕޯސަލްތައް މި ހަފުތާގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ.

އެކަމަކު ސީދާ ތާރީހެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އީޖާދީ މަންސަ އަކީ ކޮބާ؟

އީޖާދީ މަންސަ އަކީ ހުޅުމާލޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް އިތުރުކުރުމަށް އެޗްޑީސީން ކުރިއަށް ގެންދާ ހާއްސަ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވެސް ހުޅުވާލި އެވެ. އެގޮތުން ހުޅުމާލޭގައި ފޯރުކޮށްދެވޭނެ ތާފާތު ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ހުށަހެޅުމަށް އެޗްޑީސީން ފުރުސަތު ދިނެވެ.

އެޗްޑީސީން އޭރު ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމުގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި އާ ވިޔަފާރިތައް ފެށުމަށް އެހީވެދިނުން ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިތައް އިތުރަށް ފުޅާވެ، ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ހިދުމަތްތަކާއި ޕްރޮޑަކްޓުތައް ތައާރަފުކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށެވެ.

އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިގުތިސާދުގެ ބޮޑު އަގުލަބިއްޔަތެއް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިއްސާކުރާ އިރު، މި މުބާރާތަކީ ކޮވިޑްގެ ސަބަބުން އިގުތިސާދު ވެއްޓުނު އަޑިގަޑުން އަރައިގަތުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ މުބާރާތެކެވެ.

މި މުބާރާތް ކާމިޔާބުކުރާ ހުށަހެޅުންތަކަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ ކުލީގެ ލުއިތަކެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން އެއް ވަނައަށް ހޮވޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޔުނިޓުގެ ކުލި ދައްކަން ނުޖެހޭނެ އެވެ. އަދި ދެ ވަނައަށް ހޮވޭ ފަރާތްތަކަށް ހަ މަސް ދުވަހަށް ކުލި ދައްކަން ނުޖެހޭނެ އެވެ.

ކުލި ދައްކަން ނުޖެހުމުގެ އިތުރަށް ފަސް އަހަރު ވަންދެން ދައްކަންޖެހޭ ކުލި ހުންނާނީ އަކަ ފޫޓަކަށް ޖެހޭ ރޭޓު ވަކި މިންގަނޑެއްގައި ހިފެހެއްޓިފަ އެވެ.