Advertisement

ދައުރު ނިމުމުގެ ކުރިން ޖޭއެސްސީއަށް ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދީފި

1 ސެޕްޓެންބަރު 2021 - 19:40 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިދައުރުގެ ތެރޭގައި ޖޭއެސްސީއަށް ބަދަލު ގެންނަނީ-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


ދައުރު ނިމުމުގެ ކުރިން ޖޭއެސްސީއަށް ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދީފި

1 ސެޕްޓެންބަރު 2021 - 19:40 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން ކަނޑައަޅާ އުސޫލު ބަދަލު ކުރުން ލަސްވެފައިވާ ކަމަށާއި އެކަމަކު ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޖޭއެސްސީ މިހާރު އެކުލަވާލާފައި ވަނީ ސިޔާސީ ގިނަ މެމްބަރުންތަކެއް ހިމެނޭ ގޮތަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރެއްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރަކު ވެސް ހިމެނެ އެވެ. ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެހެން އެކުލަވާލުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޖޭއެސްސީއަށް ބަދަލު ގެންނާނީ އެންމެނަށް އިތުބާރު ކުރެވޭ ގޮތަކަށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެބަވޭ ބައެއް ލީގަލް އެކްސްޕާޓުންގެ އޮޕީނިއަންނަށް އައްސަވާފައި މިފަދަ ކޮމްޕޮސިޝަންއެއް ގެނައުމުގައި އެ މަޝްވަރާ ކުރިން ކުރެވިފައި ހުރި ގޮތަށް ކުރިއަށް ދިއުމުގައި އެބޭފުޅުންގެ ހިޔާލު ހުރި ގޮތަށް," މަބްރޫކް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް މުހިންމު ކަމަކަށް ވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީގައި މިހާރު ނުފޫޒު ގަދައީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އެވެ.