Advertisement

އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސް ކަމަށް އަނަސް

1 ސެޕްޓެންބަރު 2021 - 15:49 0

އަނަސް: އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސް ކަމަށް ވަނީ ހޮވާފައި


އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސް ކަމަށް އަނަސް

1 ސެޕްޓެންބަރު 2021 - 15:49 0

އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސްގެ މަގާމަށް އަނަސް އަބްދުއްސައްތާރު އިންތިހާބުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަނަސް އެ މަގާމަށް ހޮވާފައިވަނީ ގައުމީ މަޖިލީހުން އަލަށް އިންތިހާބުކުރި އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ އާ ދައުރުގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުމުގަ ނެގި ވޯޓުންނެވެ.

ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ހަ މެންބަރުން އަނަސް، ރައީސް ކަމަށް ގެންނަން ވޯޓު ދެއްވި އެވެ. ބައްދަލުވުމަށް ވަޑައިގެންނެވީ ހަތް މެންބަރުންނެވެ.

އިސްތިއުނާފު މަޖިލީހުގެ މެންބަރުން

1. އަނަސް އަބްދުއްސައްތާރު، މއ. ބަޑިކުޅިމާލެ، މާލެ

2. އަހުމަދު ރިޝްވާން، އާލަމް، ހއ. ދިއްދޫ

3. އިބްރާހިމް މުހައްމަދު ދީދީ، ލެގޫން ވިއު، ސ. ހިތަދޫ

4. އަހުމަދު މައުރޫފު، ނިއު ލައިޓް، ލ. ކަލައިދޫ

5. ފާތިމަތު އިނާޝާ، ހ. ގްރީން ފެހި، މާލެ

6. ހުސައިން ރަޝީދު، ތިބުރޯޒުގެ، ތ. އޮމަދޫ

7. އާދަމް މާހިރު، މެޑޯޒް، ރ. އަލިފުށި

8. އަހުމަދު ނިޝާދު، ނޫރު، މ. ދިއްގަރު

9. ނައުޝާދު އަބްދުލް އަޒީޒު، ސުވޭދާ މަންޒިލު، އއ. ރަސްދޫ

އިސްތިއުނާފު ފަނޑިޔާރުންގެ އާ މަޖިލިސް އިންތިހާބުކޮށްފައިވަނީ ވާދަވެރި އިންތިހާބަކުންނެވެ. އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކެންޑިޑޭޓުން ނެރުއްވި އެވެ.

ޖުމްލަ 18 ކެންޑިޑޭޓުން ވާދަ ކުރިއިރު، ސިއްރު ވޯޓުން ކާމިޔާބު ހޯދީ މުޅިން ވެސް ރައީސް ސޯލިހުގެ ތާއިދާއާއެކު އިންތިހާބަށް ނުކުތް ކެންޑިޑޭޓުންނެވެ.