Advertisement

މޯލްޑިވިއަން ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމުން ފުރުން ދެ ގަޑިއިރަށް ފަސްވެއްޖެ

31 އޮގަސްޓު 2021 - 04:29 1

އަހުމަދު ސާއިލް އަލީ

އ

Advertisement

މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭގައި: ފްލައިޓް ހައިޗެކް ކުރާނެ ކަމަށް ބުނި މީހެއްގެ މައްސަލަ ބަލަން ފަށައިފި--


މޯލްޑިވިއަން ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމުން ފުރުން ދެ ގަޑިއިރަށް ފަސްވެއްޖެ

31 އޮގަސްޓު 2021 - 04:29 1

Advertisement

Advertisement

ފުވައްމުލަކުން ރޭ ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް "އަދަދު" އަށް ވިދާޅުވީ، ރޭ ފުވައްމުލަކުން ފުރަން އޮތް ފްލައިޓަކަށް ކައުންޓަރު ބަންދު ކުރި ފަހުން ކާގޯ ކުރަން ދިޔަ މީހެއް އޭނާ ގެންދިޔަ ތަކެތި ފްލައިޓަށް އަރުވައި ނުދިނުމުން ފްލައިޓް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

Advertisement

"އޭވިއޭޝަން ކޮމާންޑްގެ ކުދިން ވެސް ތިއްބާ އޭނާ އެހެން ބުނީ. އޭގެ ސަބަބުން ސިފައިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފްލައިޓަށް ފުރުނީ ދެ ގަޑިއިރު ފަހުން،" މޫސަ ވިދާޅުވި އެވެ.

އޭވިއޭޝަން ގަވައިދުތައް ބުނާ ގޮތުން ފްލައިޓެއް ހައިޖެކް ކުރާނެ ނުވަތަ ގެއްލުމެއް ދޭނެ ކަމުގެ އިންޒާރު ދީފި ނަމަ އެ ފްލައިޓަކަށް ފުރޭނީ ރަނގަޅަށް ސެކިއުރިޓީގެ ކަންކަން ބެލުމަށް ފަހުގަ އެވެ.

އެ އިންޒާރާ ގުޅިގެން އެ މީހާ ރޭ ވަނީ ފުވައްމުލަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ހަތަރު ގަޑިއިރު ބޭންދުމަށް ފަހު ދޫކޮށްލައިފަ އެވެ.

Advertisement

އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Advertisement

0.00%

50.00%

50.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މަނިކް

over 3 years ago

ތިދެން ރާއްޖޭގަ އެއްވެސް ކަމެއްނޫން. ހައްޔަރުކޮށްފަ ދޫކޮށްލާނެ، ދައުވާއެއް ވެސްނުކުރާނެ، ސަޅިނު.