Advertisement

ރަސާކޯ ބްރޭންޑްގެ އެސެންސް އާއި ފުޑް ކަލާސް ތައާރަފުކޮށްފި

23 އޮގަސްޓު 2021 - 08:32 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރަސާކޯ އެސެންސް


ރަސާކޯ ބްރޭންޑްގެ އެސެންސް އާއި ފުޑް ކަލާސް ތައާރަފުކޮށްފި

23 އޮގަސްޓު 2021 - 08:32 0

ޕިރަމިޑުން މިފަހަރު ބާޒާރަށް ތައާރަފު ކުރީ އަނެއްކާ ވެސް ވަރުގަދަ ބްރޭންޑެކެވެ. ބޭކިންގެ ރަސްކަންކުރަމުން އަންނަ ރަސާކޯ ބްރޭންޑްގެ އެސެންސް އާއި ފުޑް ކަލާސް އެވެ.

ބޭކިންގެ ބާވަތްތައް އުފެއްދުމުގައި ސްރީ ލަންކާގެ ރަސާކޯގެ އެސެންސް އާއި ފުޑް ކަލާސް އަދި ބޭކިންގެ އެހެން އުފެއްދުންތަކަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މަގުބޫލުކަން ހޯދަފައިވާ ތަކެއްޗެވެ.

ރަސާކޯ އެސެންސް އުފައްދާތާ 51 އަހަރު ވެއްޖެ އެވެ. ޕިރަމިޑުން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ މި އެސެންސުގެ 40 އަށް ވުރެގިނަ ރަހަ، އަދި 30 އަށް ވުރެ ގިނަ ފުޑް ކަލާސް ހިމެނެ އެވެ.

ރަސާކޯ ބްރޭންޑްގެ އުފެއްދުމެއް: މި ބްރޭންޑް ވަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަގުބޫލުކަން ހޯދާފައި


މީގެ އިތުރުން ރަސާކޯގެ ބޭކިން ޕައުޑަރު، ކޮކޯ ޕައުޑަރު، އަދި ކޭކު އެޅުމާއި ފޮނި ކާތަކެތީގެ ހުރިހާ ރަހަތަކެއް ބެލެންސް ކޮށްލަން ބޭނުންކުރާ ގިނަ ބާވަތްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

މި އުފެއްދުންތައް ރާއްޖެއަށް ތައާރަފުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ފެންވަރު ރަނގަޅު ޕްރޮޑަކްޓް ބޭނުން ކޮށްގެން މީރު ރަހަތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުން ކަމަށް ޕިރަމިޑްގެ ހެޑް އޮފް މާކެޓިން މުހައްމަދު ސޮބާހް ވިދާޅުވި އެވެ.

މިބްރޭންޑް ތައާރަފުކުރުމާއެކު ޕިރަމިޑުން ވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

މި ޕްރޮމޯޝަންގައި ރިޒްބާ ބްރޭންޑުގެ 400 ގްރާމުގެ ކުކިން ޗޮކްލެޓްގެ ބައި ޑަޒަން ގަތުމުން ރަސާކޯ އެސެންސްގެ އެއް ފުޅި ލިބޭނެ އެވެ. ރަސާކޯ އެސެންސް ޑަޒަނެއް ގަތުމުން ރިޒްބާ ކްކިން ޗޮކުލެޓްގެ 400 ގްރާމުގެ ޑާކް ކްކިން ޗޮކްލެޓެއް ހިލޭ ލިބޭނެ އެވެ.

މި ޕްރޮމޯޝަން ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.