3 އޮގަސްޓު 2021 - 08:07 1
އަމަން ހަލީމް
3 އޮގަސްޓު 2021 - 08:07 1
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި އިތުރުވަމުން ދިޔުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އޭގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ބުނެފި އެވެ.
ދައުލަތުގެ މާލީ ހާމަކަމަށް އަލިއަޅުވާލާ ނެރުނު އިވެލުއޭޝަން ރިޕޯޓެއްގައި އެސްއޯއީތަކާ ގުޅިގެން އައިއެމްއެފުން ބުނީ ދަރަނީގެ މައްސަލައިގައި ކަންބޮޑުވަނީ މި ކުންފުނިތައް ހިންގާ ގޮތުންނާއި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ކަމަށެވެ.
އަދި ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ކުންފުނިތަކުގެ އާމްދަނީއަށް އައި ހީނަރުކަމުގެ ސަބަބުން މި ހާލަތު އިތުރަށް ގޯސްވުމުގެ ފުރަސަތު އެބައޮތް ކަމަށް ބުންޏެވެ.
އެގޮތުން މި ކުންފުނިތަކަށް ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ އާއި، ކެޕިޓަލް ކޮންޓްރިބިއުޝަންސް (ކުންފުނީގެ ރައުސުލްމާލަށް ދޫކުރާ ފައިސާ)ގެ އިތުރުން ސަރުކާރާއި މަރުކަޒީ ބޭންކުން ދޫކުރާ ލޯނުތަކަށް ކަންބޮޑުވާ މިންވަރަށް ބަރޯސާވާ ކަމަށް އައިއެމްއެފުން ބުންޏެވެ.
އަދި ކްރޮސް ސަބްސިޑައިޒޭޝަން ނުވަތަ އެއް ވިޔަފާރި ހަރަކާތުން ލިބޭ ފައިދާ، ގެއްލުންވަމުންދާ ކަމަކަށް ހަރަދު ކުރަން ޖެހުމުގެ ގިނަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.
ދިވެހި ދައުލަތުން ހިއްސާވާ 32 ކުންފުނި އެބައޮތެވެ. އޭގެ ތެރެއިން ފަސް ކުންފުންޏަކީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކެވެ. މި ކުންފުނިތަކުގެ މާލީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ހުސްވި އަހަރުގެ ނިޔަލަށް އެސްއޯއީތަކުގެ މުދަލާއި ފައިސާގެ އަގު ހުރީ 113 ބިލިއަން ރުފިޔާގަ އެވެ. އަދި ދަރަނި ހުރީ 67 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ 84 ޕަސެންޓެވެ.
އައިއެމްއެފްގެ ރިޕޯޓް ބުނާ ގޮތުން އެސްއޯއީތަކުން ނަގާފައިވާ ދަރަނީގެ 21 ޕަސެންޓު ދަރަންޏަކީ ދައުލަތުން ގެރެންޓީ ދީފައިވާ ދަރަންޏެވެ. އަދި 12 ޕަސެންޓަކީ ސަރުކާރުން ދީފައިވާ ލޯނު ނުވަތަ މަރުކަޒީ ބޭންކުން ނަގާފައިވާ ލޯނެވެ. ސަރުކާރުގެ މާލިއްޔަތަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް އައިއެމްއެފުން ކަނޑައެޅީ އެސްއޯއީތަކުގެ ތިން ބައި ކުޅަ އެއްބައި ސީދާ ސަރުކާރާ ގުޅޭތީ އެވެ.
އައިއެމްއެފުން ވަނީ މި 32 އެސްއޯއީގެ ތެރެއިން ނުވަ ކުންފުންޏެއްގެ ލިކުއިޑް އެސެޓްސް ނުވަތަ ފަސޭހައިން ވިއްކާލެވޭ ގޮތަށް ހުރި ހަރު މުދަލުގެ ރިވިއުއެއް ހަދާފަ އެވެ. މި ރިވިއުއިން ދައްކާ ގޮތުގައި މި ނުވަ އެސްއޯއީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުންފުނިތަކުގެ ލިކުއިޑިޓީ ރިސްކް (ހިރާސް) ބޮޑެވެ.
އެސްއޯއީތަކަކީ ރާއްޖޭގެ އިގުތިސޯދުގައި މުހިންމު ރޯލެއް އަދާކުރާ ކުންފުނިތަކެކެވެ. މި ކުންފުނިތަކުން އިގުތިސޯދީ ހުރިހާ ދާއިރާއެއްގައި ހަރަކާތްތެރިވާ އަދި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބައެއް ވިޔަފާރި ހަރަކާތްތަކުގައި ބައިވެރި ވެ އެވެ.
މާލީ ހާމަކަމުގެ ބިންގާ ރަނގަޅު، އެކަމަކު ވަރުގަދަކުރަން ޖެހޭ
ރާއްޖޭގެ މާލީ ހާމަކަމުގެ އިވެލުއޭޝަނަށް ފަހު އައިއެމްއެފުން ބުނީ މާލީ އަންދާޒާތަކާއި ރިޕޯޓިންގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް. އެކަމަކު މާލީ ހިރާސް ކުޑަކުރުމާއި މެނޭޖްކުރުން ވަރުގަދަ ކުރަން ޖެހޭ ގިނަ ކަންކަން ފާހަގަކުރި.
މާލީ ހާމަކަމުގެ ބިންގާ ރަނގަޅު، އެކަމަކު ވަރުގަދަކުރަން ޖެހޭ
ރާއްޖޭގެ މާލީ ހާމަކަމުގެ އިވެލުއޭޝަނަށް ފަހު އައިއެމްއެފުން ބުނީ މާލީ އަންދާޒާތަކާއި ރިޕޯޓިންގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް. އެކަމަކު މާލީ ހިރާސް ކުޑަކުރުމާއި މެނޭޖްކުރުން ވަރުގަދަ ކުރަން ޖެހޭ ގިނަ ކަންކަން ފާހަގަކުރި.
އެހެން ނަމަވެސް، މިހާތަނަށް މިއިން ކުންފުންޏަކާ ގުޅޭ އޯނާޝިޕް ޕޮލިސީއެއް ނެތުމުގެ އަސަރު ކުންފުނިތަކަށް ކުރާ މައްސަލަ އައިއެމްއެފުން ފާހަގަކުރި އެވެ. މި އޯނާޝިޕް ޕޮލިސީއަކީ ކޯޕަރޭޓް ގަވަނަންސާއި، ކުންފުނީގެ އިސްވެރިންގެ މުސާރަ އާއި ވަޒީފާ ދިނުމުގެ ޝަރުތުތަކާއި، އެސްއޯއީތަކުގެ އެކްސްޓާނަލް ރިޕޯޓިންގެ އަސާސްތަކާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރާ ޕޮލިސީ އެވެ.
މިފަދަ ޕޮލިސީއެއްގެ ފައިދާއަކީ ސަރުކާރުގެ ސިޔާސަތުތަކާ ލާމެހިގެން އެސްއޯއީތަކުން ހާސިލުކުރަން ބޭނުންވާ މާލީ، އިގުތިސޯދީ އަދި އިޖުތިމާއީ ލަނޑުދަނޑިތައް ސާފުކޮށް އެނގޭނެހެން އޮތުމެވެ. އަދި މީގެ ސަބަބުން ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާ ވާނެ ކަމަށް އައިއެމްއެފުން ބުނެ އެވެ.
އައިއެމްއެފުން ވަނީ ދައުލަތުގެ މާލީ ހާމަކަން އިތުރުކުރުމަށް މި ކުންފުނިތަކުގެ ހިސާބުތައް އާންމުކުރުމުގައި މިހާރު ގެންގުޅޭ އުސޫލުތައް މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
އެގޮތުން މިހާރަށް ވުރެ ތަފްސީލުކޮށް އެސްއޯއީތަކަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާގެ އެހީ އާއި ކުންފުނިތަކުން ލިބޭ އާމްދަނީ އަދި ފައިދާގެ ތަފްސީލުތައް އާންމުކުރުމަކީ އެސްއޯއީތަކުގެ މާލީ ހިރާސް ކުޑަކުރަން އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރަން މިއަހަރު ފަށާނެ
މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިވަޓައިޒް ކުރުމުން އުފެއްދުންތެރިކަން އިތުރުވެ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ވެގެންދާ ކަމަށް.
ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރަން މިއަހަރު ފަށާނެ
މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިވަޓައިޒް ކުރުމުން އުފެއްދުންތެރިކަން އިތުރުވެ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ވެގެންދާ ކަމަށް.
ސަރުކާރު ކުންފުނިތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކުރަން ފިނޭންސް މިނިސްޓްރީން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޯޕަރޭޓް ގަވަނަންސް ސިޔާސަތު މުރާޖައާކޮށް އެއަށް އަމަލުކުރުމަށް ކުންފުނިތަކަށް އެންގުމުގެ އިތުރުން، ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ފިނޭންސުން ވަނީ ނިންމާފަ އެވެ.
އަދި، އައިއެމްއެފްގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ހުރިހާ ކުންފުންޏެއްގެ މާލީ ހިސާބުތައް ހިއްސާކުރާނެ ސެންޓްރަލް ޕޯޓަލްއެއްގެ މަސައްކަތް ނިމި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޭނުންކުރަން ފަށަން އޮތީ ތައްޔާރުވެފަ އެވެ.
0.00%
0.00%
66.67%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އިހޫ
over 3 years ago
ޕީސީބީގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ކުންފުނިތައް ރެގިއުލޭޓްކުރާނެ ޕޮލިސީއެއްގެ ދަށުން ހުރިހާ ކުންފުނިތަކަށް އެއް އުޞޫލަކުން އަމަލުކުރުން މުހިއްމު. ސަރުކާރު ކުންފުނިތައް ވަކި ގަވަރނަންސް ކޯޑެއްގެ ދަށުންވެސް ހިންގިދާނެ. އެފަދަ އުސޫލެއް ނެތުމުން ކޮރަޕްޝަނަށް މަގުފަހިވެ، އަދިވެސް އެހެނިހެން ނުރަގަޅު ކަންކަމުގެ ތެރެއިން ދަރަނި ބޮޑުވެގެން އެ ދަނީ.
Comment