އެސްޓީއޯގެ ބޯޑު މެންބަރުކަމަށް މިއަދު އައްޔަންކުރި ފަޒީނާ --- ފޮޓޯ: އެސްޓީއޯ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ބޯޑަށް އައްޔަންކުރީ ގދ. ގައްދޫ، ބިލަތްމާގެ، އައިޝަތު ފަޒީނާ ކަމަށެވެ.
މީގެ ކުރިންވެސް ފަޒީނާ ވަނީ އެސްޓީއޯގެ ބޯޑު މެންބަރުކަން ކުރައްވާފަ އެވެ.
އެ ކުންފުނީގެ އިތުރުންވެސް އެމްޓީސީސީ ފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެންބަރުކަން އޭނާ ކުރައްވާފައިވެ އެވެ.
ސަރުކާރުގެ ކުންފުނި އެސްޓީއޯ އިން ވަނީ އަލަށް އައްޔަންކުރި ބޯޑު މެންބަރަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ރަސްމީ ވެބްސައިޓުގައި މަރުހަބާ ކިޔާފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment