Advertisement

މިނިވަންކަން ދަމަހައްޓަން ބޭރުގެ ގުޅުންތައް ހަރުދަނާކުރުން މުހިއްމު: ރައީސް

26 ޖުލައި 2021 - 10:17 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ރައީސް ސޯލިހް: އެމަނިކުފާނު ވިދާޅުވި ގޮތުގައި ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ މިނިވަންކަން ނުގެއްލޭ ގޮތަށް. -- ފޮޓޯ/ ރައީސް އޮފީސް


މިނިވަންކަން ދަމަހައްޓަން ބޭރުގެ ގުޅުންތައް ހަރުދަނާކުރުން މުހިއްމު: ރައީސް

26 ޖުލައި 2021 - 10:17 0

ބޭރު ގައުމުތަކާ އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުުރިއަށް ގެންދިއުމަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މުހިއްމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިންގެ ހިމާޔަތުން ރާއްޖެ މިނިވަންވިތާ 57 އަހަރު ފުރުމުގެ މުނާސަބަތުގައި ގައުމާ މުހާތަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދުނިޔޭގެ ރިޔާސަތަށް ރާއްޖެ އިންތިހާބުވެ ދުނިޔޭގެ ފެންވަރުގައި ބަސްކިޔޭ ގައުމަކަށް ވީ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށެވެ. އެ މަގާމް ރާއްޖެ އަށް ލިބުނު ސަބަބަކީ އެހެން ގައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމުގެ ޖިހާދުގައި ގައުމީ ބަތަލުން ހޯއްދެވި ކާމިޔާބީގެ އަސްލަކީ ރައީސް ފާހަގަކުރެއްވި ގޮތުގައި އެ ރައްޔިތުން މިނިވަންކަން ދިފާއުކުރަން ބޭނުންވީ މިންވަރެވެ.

"މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކޮންމެ ކަމަކަށް އަމަލާއި ބަހުން ރައްޔިތުން ނޫނެކޭ ބުނަމުން ދިއުން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ މަޅީގައި ޖެހުނު ކޮންމެ ފަހަރަކު އެކަމަށް މަގުފަހިކޮށްދިނީ އެއްބައިވަންތަކަން ގެއްލި އުފެދުނު ބައިބައިިވުން އުފެދުމެވެ. އެހެންވެ އެ ބައިބައިވުމަށް ޖާގަ ނުދީ އެއްބައިވަންތަ ގުޅުމެއްގެ މަތީގައި ދިވެހިން އަދިވެސް ތިބެންޖެހޭ ކަން ރައީސް ހަނދާންކޮށްދެއްވި އެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ އިންސާނީ އަސާސީ ހައްގުތައް ފުރިހަމައަށް ލިބެން ފެށުމުގެ އުފާވެރި އިހްސާސެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ހަނދާންތައް އާ ކުރުމާ އެކު އެ ހައްގުތައް މަތީގައި އަބަދަށް ދެމިތިބެވޭނެ ގޮތަށް މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިތިބެން ރައީސް އެދިވަޑައިގަތެވެ.