Advertisement

ހުލާސާކޮށް އިއްޔެ: އަބްދުﷲ ދީދީ ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް

24 އޭޕްރީލް 2024 - 07:05 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ.


ހުލާސާކޮށް އިއްޔެ: އަބްދުﷲ ދީދީ ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް

24 އޭޕްރީލް 2024 - 07:05 0

އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިކަމުގެ ތުހުމަތުވާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮއްވައި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަބްދުﷲ އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް، އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އަބްދުﷲ ހަލީލަށް ތަކުރާރުކޮށް ގުޅާ މެސެޖުކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި އަބްދުﷲ ދީދީގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއް ޕީޖީ އޮފީހުން ބަލަމުންދާކަން އެ އޮފީހުގެ މީޑީއާ އޮފިޝަލު މިއަދު ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، ޖޭއެސްސީއިން އޭނާގެ މައްސަލަ ބަލާ މަޖިލީހަށް ފޮނުވުމުން އޮގަސްޓު 28، 2019 ގަ އެވެ. އެ ދުވަހު އޭނާ ވަކިކުރަން މަޖިލީހުގެ 72 މެންބަރަކު ވޯޓު ދެއްވި އެވެ.

ޖޭއެސްސީއިން އަބްދުﷲ ގެ މައްޗަށް ކުރި ތަހުގީގު އެއިރު ކުރިއަށް ގެންދިޔައީ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2014 އިން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ކުރަމުން އައި ހުކުމްތައް ވަކި ކޮޅަކަށް ނިންމަން އޭނާއަށް ރިޝްވަތުގެ ނެގި ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ޖާއިޒު ސަބަބެއް އޮތް ކަމަށް ނުބެލެވޭ ހާލަތްތަކުގައި އެކި އަދަދުތަކުން ފައިސާ ހަވާލުވި ކަމަށް ކުރެވުނު ތުހުމަތުތަކެވެ.

އެ ތުހުމަތުތަކަށް ހެކިދޭ ފުލުހުންގެ ރިޕޯޓުތަކެއް ވެސް އޭނާގެ މައްސަލަ ބަލަން އުފެއްދި ހާއްސަ ކޮމިޓީން ތަހުގީގުކުރި އެވެ. ތުހުމަތުތަކާ ގުޅިގެން އަބްދުﷲ އެ ކޮމިޓީއަށް ޖަވާބެއް ހުށަހެޅި ނަމަވެސް އެ ޖަވާބުގައިވާ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު މަންފާތަކެއް ހޯދާފައިވާކަމުގެ ތުހުމަތާއެކު ބެލި ސުލޫކީ މައްސަލަ ސާބިތުވެ އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީގެ ކޮމިޓީން ނިންމީ މެންބަރުންގެ އިއްތިފާގުންނެވެ.

އަބްދުﷲ ދީދީ 2019 ވަނަ އަހަރު މަގާމުން ދުރުކުރުމުން، މެލޭޝިއާގައި ދިރިއުޅުއްވުމަށް ފަހު އެނބުރު މާލެ ވަޑައިގަތީ 2023 ގެ ފަހުކޮޅު އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އޭނާ ހަރަކާތްތެރިވެވަޑައިގަތެވެ. އެއަށް ފަހު، ދެން ފެނިގެން ދިޔައީ ސިޓީ ކައުންސިލްގެ މާޔަރަކަށް އާޒިމާ ޝަކޫރު އިންތިހާބު ކުރަން ކުރިއަށް ގެންދިޔަ ކެމްޕޭނުގަ އެވެ.

މުހިއްމު ބައެއް ހަބަރު