އޭއޭއޭ ފްލައިން ސްކޫލުގެ އަތުން ބަދަލު ހޯދަން 48 ދަރިވަރަކު ކޯޓަށް މައްސަލަ ހުށަހަޅައިފި

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނާ ނައިބު ރައީސް މީގެކުރިން ބައްދަލުކުރައްވަނީ: 48 ދަރިވަރަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނާ ނައިބު ރައީސް މީގެކުރިން ބައްދަލުކުރައްވަނީ: 48 ދަރިވަރަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ހުއްޓި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގޮވައިގެން 48 ދަރިވަރަކު ސިވިލް ކޯޓަށް ހިނގައްޖެ އެވެ.

އޭއޭއޭގެ އަތުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މިދިޔަ އަންގާރަ ދުވަހު 48 ދަރިވަރުންގެ ހުށަހަޅާފައިވާއިރު އެ ދަރިވަރުންގެ ފަރާތުން ޕްރޯ ބޯނޯ އުސޫލުން ކޯޓުގައި ތަމްސީލްކުރަނީ ޕްރިމިއާ ޗެމްބާސް ލޯ ފާމުންނެވެ.

އަންގާރަ ދުވަހު ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކޮށް، މިހާރު އަންނަނީ ސިވިލް ކޯޓުގައި ހިނގަމުންނެވެ.

މައްސަލާގައި 48 ދަރިވަރުންގެ ފަރާތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ ތަމްރީނު ދިނުމަށް އޭއޭއޭއިން ދަރިވަރުންނާއެކުވީ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި، ތަމްރީނުގެ ނަމުގައި ހައްގު ނޫޏް ފައިސާތަކެއް ނަގާފައިވާތީ އެ ފައިސާތައް އަނބުރާ ހޯދުމަށެވެ.

އޭގެއިތުރުން، ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިން އެއާކްރާފްޓް ނެތުމުގެ ސަބަބުން އެކިފަހަރުގެ މަތިން އެހެން އެއާކްރާފްޓްތައް ބޭނުންކުރަން މަޖުބޫރުކުރުމުންނާއި އެކަމުގެ ސަބަބުން އެކަމަށް އިތުރަށް ދޭން ޖެހުނު ފައިސާއަކީ އޭއޭއޭއިން އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަން ވެސް އެދިފައިވެ އެވެ.

ދައުވާގައި އިތުރަށް ދަރިވަރުން އެދެނީ ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، އެއީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަރިވަރުންނަށް ނަގައިދޭން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މީގެއިތުރުން ވެސް ބަދަލުގެ ގޮތުގައި ދައުވާގައި ބަޔާންކޮށްފައިވާ ގެއްލުމުގެ އިތުރުން ދަރިވަރުންނަށް ލިބިފައިވާ ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ވަނީ އެދިފަ އެވެ. އަދި، ކޮންމެ ދަރިވަރަކަށް ވެސް އޭއޭއޭގެ މައްޗަށް ވަކިން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅަން ވެސް އެދިފައިވެ އެވެ.

ކޯޓުން ކަނޑައަޅާ ބަދަލު، ދަރިވަރުންނަށް ލިބެންދެން އޭއޭއޭގެ ވިޔަފާރި ވިއްކާނުލެވޭނެ ކަމަށާއި، އެފަރާތުގެ ވިޔަފާރީގެ ހައްގުތައް ބަދަލުކުރުމާއި އެކަންކަން ދައުލަތުގެ އިދާރާތަކުގެ ރަޖިސްޓްރީކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅަން ވެސް މައްސަލާގައި ވަނީ ހުށަހަޅާފަ އެވެ.

އޭއޭއޭއިން ކިޔަވަމުން އަންނަ 178 ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ ގިނަ ދުވަސްވާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއްވެފައިވާއިރު މި މައްސަލަ ހައްލު ނުވެ ގިނަ ދަރިވަރުންގެ ކިޔެވުންތައް ހުއްޓިފައި އޮންނަތާ ވެސް ދޮޅު އަހަރު ވެއްޖެ އެވެ.

މައްސަލަ ބޮޑުވެފައިވަނިކޮށް މައްސަލަ ބޮޑުވެފައިވާ އައްޑޫ ފްލައިސް ސްކޫލާ އެވިޑް ކޮލެޖުން ހަވާލުވެ، އެ ކޮލެޖުން ވަނީ އެ އެކެޑެމީ އެވިޑްގެ ފެކަލްޓީއަކަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު އޭއޭއޭ ހިންގަނީ އެވިޑް ސްކޫލް އޮފް އެއިރޮނޯޓިކްސް (އޭއެސްއޭ)ގެ ނަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox