Advertisement

އިތުރު ވަގުތު ކަސެމީރޯ ޖެހި ގޯލުން ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑް ކުރިއަށް

24 ޖޫން 2021 - 09:09 0

ބްރެޒިލް މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ކަސެމީރޯ އުފާފާޅުކުރަނީ.


އިތުރު ވަގުތު ކަސެމީރޯ ޖެހި ގޯލުން ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑް ކުރިއަށް

24 ޖޫން 2021 - 09:09 0

ރިއޯ ޑި ޖަނެއިރޯ (ޖޫން 24) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު އިތުރު ވަގުތުގައި ކަސެމީރޯ ޖެހި ގޯލުން 2-1 އިން ކޮލަމްބިއާ ބަލިކޮށް ބްރެޒިލުން ޖެހިޖެހިގެން 10 ވަނަ މެޗުން މޮޅުވެއްޖެ އެވެ.

ބްރެޒިލް އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާ އަތުންނެވެ. ރޭގެ މޮޅާ އެކު އެ ޓީމުން ވަނީ ޖެހިޖެހިގެން 10 މޮޅު ހަމަކުރުމުގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ސައްތަ އިން ސައްތަ ރެކޯޑް ވެސް ދަމަހައްޓައިފަ އެވެ. މި މެޗަށް ނުކުތްއިރު ވެސް ބްރެޒިލަށް އޮތީ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ.

ކޮޕަ އެމެރިކާ ގްރޫޕް ބީގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ކޮލަމްބިއާ އާއި ތިން ވަނައިގައި އޮތް ޕެރޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެެެވެ. ކޮލަމްބިއާ ވެސް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ.

މެޗު ފަށައިގެން ބްރެޒިލް އިން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ލީޑުނެގީ ކޮލަމްބިއާ އިންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ހުއާން ކުއަޑްރާޑޯ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ވެއްޓިގެންފައި ލުއިސް ޑިއާޒް ވަނީ ވޮލީ އަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެެވެ. މިއީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ބްރެޒިލް ކޮޅަށް ކުރިން ގޯލެއް ވަން ފުރަތަމަ ފަހަރެވެ.

ލަނޑު ޖެހުމަށް ފަހު ފިރްމީނޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ނަތީޖާ ހަމަހަމަކުރަން ބްރެޒިލްގެ ތަރި ނޭމާ ފުރަތަމަ ހާފުގައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ ކައިިރިން ނައްޓާފައި ގޮސް ނޭމާ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 78 ވަނަ މިނިޓްގައި ބްރެޒިލަށް އެއްވަރުކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ. ވާތު ބެކް ރެނާން ލޯޑީ ނަގައިިދިން ހުރަހަކުން ފިރްމީނޯ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އޮސްޕީނާ އަތުގައި ޖެހިފަ އެވެ. އެ އެޓޭކް ފެށުމުގެ ކުރިން ރެފްރީ ގައިގައި ބޯޅައިން ޖެހުމުން ކޮލަމްބިއާ ކުޅުންތެރިން ވަނީ އެ ގޯލު ބަލައިނުގަންނަން އެޕީލްކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތަށް ދެއްކި 10 މިިނިޓްގެ ތެރެއިން ވެސް ފަހު މިނިޓްގައި ބްރެޒިލް މޮޅުކޮށްދިން ގޯލު ޖެހީ ކަސެމީރޯ އެވެ. އޭނާ މި ގޯލު ޖެހީ ނޭމާ ނަގައިދިން ކޯނަރަކުން ބޮލުންނެވެ. ލަނޑަށް ފަހު ބްރެޒިލްގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ގްރޫޕްގެ ފަހު މެޗުގައި ބްރެޒިލް ކުޅޭނީ އެކުއެޑޯއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އާދިއްތަ ދުވަހުގެރޭ އެވެ.