Advertisement

ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް ވިދާޅުވި މައްސަލައިގައި ސިޔާމަށް ނަސޭހަތް ދީފި

23 ޖޫން 2021 - 10:26 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް ވިދާޅުވި މައްސަލައިގައި ސިޔާމަށް ނަސޭހަތް ދީފި

23 ޖޫން 2021 - 10:26 0

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު "ދަންޖައްސަން ޖެހޭ ކަމަށް" މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި މައްސަލައިގައި އޭނާއަށް ލިޔުމުން ނަސޭހަތް ދިނުމަށް މަޖިލީހުން މިއަދު ނިންމައިފި އެވެ.

ހިސާން "ދަންޖައްސަން ޖެހޭ ކަމަށް" ކަމަށް ބުނާ އަޑު އިވޭ އޯޑިއޯއަކީ އެނގިފައިވާ ގޮތުގައި, މެމްބަރު ސިޔާމް މަޖިލިހުގެ 241 ކޮމީޓިގެ ބައްދަލުވުމަކަށްފަހު އެ ކޮމިޓީން ބޭރުގައި ތިއްބެވި މެމްބަރުންތަކަކާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެކެވެ.

އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން "ދަންޖަންސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށެވެ.

އެ މައްސަލަ މަޖިލީހުން މިހާރު ވަނީ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ސިޔާމްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލުމަށްފަހު ސިޔާމަށް ލިޔުމުން ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މަޖިލީހުގެ ކަރާމާތާއި ގަދަރާއި އަބުރު ދެމެހެއްޓޭނޭހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރުނުކުރެއްވުމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދަށް ނަސޭހަތްތެރިވަން އަދި އެ ލިޔުން މެމްބަރަށް ފޮނުވާނެ ވާހަކަ ދަންނަވަން،" އީވާ ވިދާޅުވި އެވެ.

ސިޔާމް ދެއްކެވި ވާހަކަތަކުގެ މަފްހޫމު އޮޅުވާލައިގެން, ނަފްރަތު އުފައްދަން އުޅޭ ކަމަށް މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޑީއޭއިން، އެ ޕާޓީގެ ލީޑަރު ދިފާއުކުރަމުން ބުނީ ސިޔާމަކީ އެއްވެސް އިރެއްގައި މީހަކަށް އަނިޔާވެރިވާން ގޮވާލާނެ އަދި މީހަކަށް އަނިޔާއެއް ލިބެން އެދޭނެ މީހެއް ނޫން ކަމަށެވެ. އަދި އެޒާތުގެ ވާހަކަަތަކެއް ދެއްކެވި ކަމަށް ބުނެ ސިޔާމާ ދެކޮޅަށް ނަފްރަތު އުފައްދަން އުޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުންޏެވެ.

އެމްޑީއޭއިން ބުނީ، މަޖިލިހުގެ ތަޅުމުގައި އާއި ކޮމިޓީޓަކުގައި ދައްކަވާ ވާހަކަތަކާ ގުޅިގެން ފުލުހަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށާއި ވާހަކަތަކުގެ މަފްހޫމް އޮޅުވާލައިގެން ހުށައެޅުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެމްޑީއޭގެ ބަޔާން ނިންމާލަމުން ބުނީ އެ ޕާޓީން މަޖިލިހުގައި ކުރަމުންދާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުގައި ދެމިއޮންނާނެ ކަމަށެވެ.