Advertisement

ނޯތު މެސެޑޯނިއާ

11 ޖޫން 2021 - 22:50 0


ނޯތު މެސެޑޯނިއާ

11 ޖޫން 2021 - 22:50 0

މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވެ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުޅޭ ނޯތު މެސެޑޯނިއާ އަކީ ބުރަ މަސައްކަތްކުރާ ޓީމެކެވެ. އެ ޓީމުން ޔޫރޯގެ ފުރުސަތު ހޯދީ ކޮލިފައިން ޕްލޭއޮފްގައި ޖޯޖިއާ އާއި ކޮސޯވާގެ މައްޗަށް ކުރިހޯދައިގެންނެވެ.

ނޯތު މެސެޑޯނިއާ އަށް ޕްލޭއޮފްގެ ޖާގަ ލިބުނީ ޔުއެފާ ނޭޝަންސް ލީގު މެދުވެކޮށެވެ. މިއީ އެ ޓީމުން އެންމެ ފަހުން 13 ފަަހަރު އެކި މުބާރާތްތަކުގެ ކޮލިފައިން ގްރޫޕް ސްޓޭޖުތަކުގައި ވާދަކޮށްގެން ބޮޑު މުބާރާތެއްގެ ފުރުސަތު ލިބުނު ފުރަަތަމަ ފަހަރެވެ. އެ ޓީމުން ކޮލިފައިން ޕްލޭއޮފްގައި ކުޅުނު ކޮންމެ މެޗެއްގައި ނަތީޖާ ނެރެފައިހުރީ ވަރުގަދަ ޓީމު ރޫހެއް ދައްކައިގެންނެވެ.

ނޯތު މެސެޑޯނިއާގައި ވެސް ނަން މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އިޓާލިއަން ލީގުގެ މަޝްހޫރު ޓީމުތަކަށް ކުޅެފައިވާ ގޯރާން ޕާންޑޭވް އާއި ނަޕޯލީ އަށް ކުޅެމުން އަންނަ އެލްޔިފް އެލްމާސް އަދި ލީޑްސް ޔުނައިޓެޑަށް މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދެއްކި އެޒްޔާން އަލިއޯސްކީ އެވެ. މީގެ ތެރެއިން އެލްމާސް ވަނީ ކޮލިފައިންގައި މެސެޑޯނިއާ އަށް ހަަތަރަު ގޯލު ޖަހައިދީފަ އެވެ.

ނޯތު މެސެޑޯނިއާގެ ކުޅުންތެރިން އީގޯ އުރާލައިގެން.


ކޯޗު: އީގޯ އަންޖެލޯވްސްކީ

މެސެޑޯނިއާގެ މުބާރާތްތަކުގައި އީގޯ އަންޖެލޯވްސްކީގެ ނަތީޖާތައް ރަނގަޅުވެ، ކާމިޔާީތަކެއް ވެސް ހޯދާފައިވާތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އިން 2015 ވަނަ އަހަރު އަންޖެލޯވްސްކީ އާ ޓީމު ހަވާލުކުރި އެވެ. މެސެޑޯނިއާގެ ލޯކަލް ފުޓްބޯޅައިގެ އެހެން ކޯޗުންގެ އެހީތެރިކަމާ އެކު އަންޖެލޯވްސްކީ ވަނީ އެ ގައުމުގެ ފުޓްބޯޅަ އަށް ބަދަލުތަކެއް ގެނެސްފަ އެވެ. ޔޫރަޕްގެ އެކި ޓީމުތަކަށް މެސެޑޯނިއާގެ ކުޅުންތެރިން އިތުރުކުރުމުގެ ނަތީޖާ އަކަށްވީ މި ފަހަރުގެ ޔޫރޯއާ ހަަމައަށް އެ ޓީމު ގެންގޮސްދޭނެ ރަނގަޅު ކުޅުންތެރިންތަކެއް ތިބުމެވެ

ސްކޮޑު

ކީޕަރުން: ސްޓޯލް ޑިމިޓްރިއެވްސްކީ (ރަޔޯ ވަޔެކާނޯ)، ޑަމްޔާން ސިސްކޯވްސްކީ (ޑޯޒާ ކަޓޮކޮޕިއާ)، ޜިސްޓޭ ޖަންކޯފް (ރަބޮޓްނީޗީ)

ޑިފެންޑަރުން: ސްޓެފާން ރިސްޓޯވްސްކީ (ޑިނަމޯ ޒަގްރެބް)، ވިސާރް މުސްލިއޫ (ފެހޭރްވާރް)، އެގްޒޯން ބެއިޓުލާއީ (ޝްކޭންޑިޔާ)، ކީރޭ ރިސްޓެވްސްކީ (އޫޔްޕެސްޓް)، ގިޔޯކޯ ޒަޖްކޯވް (ޗާލެރޯއި)، ޑާކޯ ވެލްކޯވްސްކީ (ރިޔެކާ)، އެޒްޑާން އަލިއޯސްކީ (ލީޑްސް ޔުނައިޓެޑް)

މިޑްފީލްޑަރުން: އަރީޖާން އަޑޭމީ (ޑިނަމޯ ޒަގްރެބް)، އެނީސް ބާދީ (ލެވަންޓޭ)، ސްޓެފަން ސްޕިރޯވްސްކީ (އޭއީކޭ ލަރަނަކާ)، ބޮބާން ނިކޯލޯފް (ލެޗޭ)، ޓިހޮމީރް ކޮސްޓަޑިނޯފް (ރުޒްޮންމެރޮކް)، ފަރްހާން ހަސާނީ (ޕާޓިޒާނީ)، އެލްފް އެލްމަސް (ނަޕޯލީ)، ޑެނިއަލް އަވްރަމޯވްސްކީ (ކޭސެރިސްޕޯ)، ޑާކޯ ކުރްނިލޯފް (ސްޓުޓްގާޓް)، މަރްޖާން ރަޑެސްކީ (އަކަޑެމީޔާ ޕަންޑޭޥް)

ފޯވާޑުން: ގޯރާން ޕާންޑޭވް (ޖެނޯއާ)، އަލެކްސަންޑަ ޓްރަޖްކޯވްސްކީ (މަޔޯކާ)، އިވާން ޓްރިކޯވްސްކީ (އޭއީކޭ ލަނާކާ)، ވްލާޓްކޯ ސްޓޮޖަނޯވްސްކީ (ޗެމްބްލީ)، ކްރިސްޓެ ވްލްކޯވްސްކީ (ސަރާޖޭވޯ)، ، މިލާން ރިސްޓޯވްސްކީ (ސްޕާޓާ ޓްރްނާވާ)