Advertisement

ހާލަތެއް ނެތި ތަނާޒުލްވުމުން މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅައިފި

25 މޭ 2021 - 13:11 0

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން: މެޖިސްޓްރޭޓަކަށް ވަނީ ފިޔަވަޅު އަޅާފައި


ހާލަތެއް ނެތި ތަނާޒުލްވުމުން މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅައިފި

25 މޭ 2021 - 13:11 0

މައްސަލައަކުން ތަނާޒުލްވެވެން ނެތް ހާލަތެއްގައި އެކަންކުރި މައްސަލައެއްގައި މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ފިޔަވަޅު އަޅަން ނިންމީ ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުއަށެވެ.

އޭނައާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅުނު ސުލޫކީ މައްސަަލައަކީ، ގާނޫނާއި ގަވައިދުގައި ބުނާ ގާޒީއަކަށް މައްސަލައަކުން ތަނާޒުލްވެވޭނެ ކަމަށް ބުނާ ހާލަތެއް ނެތީސް، ތަނާޒުލްވި މައްސަލައެކެވެ.

އެހެންވެ، އެގޮތަށް މެޖިސްޓްރޭޓް އަމަލުކޮށްފައިވާކަން ސާބިތުވާތީ ޖޭއެސްސީން ނިންމީ ފިޔަވަޅެއްގެ ގޮތުން އަހުމަދު ހަސަން މަނިކަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުރިމިނަލް ކޯޓުގައި ވެސް މިފަދަ ކަމެއް ހިނގި އެވެ. އެއީ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާ ކުރެވުނު މަނީ ލޯންޑަރިންގ ގައި ބައިވެރިވުމުގެ ކުށުގެ މައްސަލާގައި އަޑުއެހުމެއް ފެށުމަށް ކުޑަތަންވެފައިވަނިކޮށް ކުއްލި ގޮތަކަށް މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ހަސަން ސައީދު އެ މައްސަލައިން ތަނާޒުލުވެވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން އެ ޝަރީއަތް މަޑުޖެހުނުއިރު، އާޒިމާ ވަނީ ފަނޑިޔާރު ބަދަލުކުރި ކުރުން ކޯޓުން ބަލައިގަތުން ގާނޫނާ ހިލާފްކަމަށް ބުނެ އެކަމުގައި ގޮތެއް ކަނޑައަޅައި ދިނުމަށް ހައިކޯޓަށްވެސް މައްސަލައެއް ހުށަހަޅާފައެވެ.