Advertisement

ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން އަމުރުކޮށްފި

23 މޭ 2021 - 11:52 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހައިކޯޓު: ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ވަނީ އަމުރުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން އަމުރުކޮށްފި

23 މޭ 2021 - 11:52 0

ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ކޯޓުން އެގޮތަށް ހުކުމްކުރީ އެ އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާއާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

މައްސަލާގެ އަޑުއެހުންތައް ނިންމާލެވެންދެން އެ ރަށުގެ އިންތިހާބީ ކައުންސިލްގެ ރައީސް ހުވާކުރުމުން ވެސް އޮތީ މަޑުޖައްސާލާފަ އެވެ.

ކޮނޑޭގެ ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިހާބު ވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްހަކީމެވެ. ދެވަނައަށް ގޮސްފައިވަނީ، އިންތިހާބީ ޝަކުވާ ހައިކޯޓަށް ހުށަހެޅި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ. ވޯޓުގެ ފަރަގަކީ އެންމެ ވޯޓެކެވެ.

ޝުއައިބަކީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.

ހައިކޯޓުން މިއަދު ނިންމާފައިވަނީ، އިންތިހާބީ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ، ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއް ކަމަށް ގަބޫލު ކުރެވޭތީ، މައްސަލާގައި އެދިފައިވާ ގޮތަށް ވޯޓު އަލުން ގުނުމަށް އަމުރުކުރަން ޖެހޭ ކަމަށެވެ.

އެގޮތުގެ މަތިން ހައިކޯޓުން ވަނީ ކޮނޑޭ ކައުންސިލްގެ ރައީސްގެ އިންތިހާބުގެ ވޯޓު އަލުން ގުނުމަށް އަމުރުކޮށްފަ އެވެ.

ހައިކޯޓުން ޖުމްލަ ހަތް އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު، ފަސް މައްސަލައެއްގައި އިންތިހާބީ ޝަކުވާ ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މިހާތަނަށް ގޮތް ކަނޑަނޭޅި ވަނީ ލ. މާބައިދޫގެ ކައުންސިލްގެ ރައީސުންގެ އިންތިހާބާ ގުޅޭ ޝަކުވާގެ އެކަންޏެވެ.