Advertisement

ބާސެލޯނާ އިން އަހަރެން ބޭނުމެއް ނުވި: ޑެނީ އަލްވޭސް

3 މޭ 2021 - 13:41 0

ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު އަލްވޭސް އުފާފާޅުކުރަނީ.


ބާސެލޯނާ އިން އަހަރެން ބޭނުމެއް ނުވި: ޑެނީ އަލްވޭސް

3 މޭ 2021 - 13:41 0

ސައޮ ޕައޮލޯ (މެއި 3) - ކުރީގެ ކްލަބް ބާސެލޯނާ އިން އަލުން އޭނާ ގެންދަން ބޭނުމެއްނުވި ކަމަށް ބްރެޒިލްގެ ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް ބުނެފި އެވެ.

މިހާރު ސައޮ ޕައޮލޯ އަށް ކުޅެމުން އަންނަ އުމުރުން 37 އަހަރުގެ އަލްވޭސް ވަނީ 2008 އިން 2016 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ. އަލްވޭސްގެ ކާމިޔާބު ކެރިއަރުގެ އެންމެ ހާއްސަ ދުވަސްްތައް ގުނީ ބާސެލޯނާ ޖޯޒީގަ އެވެ. އަލްވޭސްގެ ކެރިއަރުގައި ހޯދި 42 ޓްރޮފީގެ ތެރެއިން 23 ޓްރޮފީ އަކީ އޭނާ ބާސެލޯނާއާ އެކު ކާމިޔާބުކުރި ތަށިތަކެވެ.

އަލްވޭސް ބުނީ މިހާތަނަށް ބާސެލޯނާ ދޫކޮށްލި އެއްވެސް ކުޅުންތެރިއަކު އެ ނިންމުން ނިންމަންޖެހުނީ ހިތްހަމަޖެހިފައި ހުރެ ނޫން ކަމަށެވެ.

"ކޮންމެ ވެސް ވަރެއްގެ މާޔޫސްކަމެއް އަބަދުވެސް ހުންނާނެ. ބާސެލޯނާ ދޫކޮށްލުމަކީ ހިތްހަަމަޖެހިގެން ހުރެ ނިންމާނެ ނިންމުމެއް ނޫން. އަހަރެން ވެސް އެކަން ތަޖުރިބާ ކޮށްފިން. އަހަރެން އަދިވެސް އެކަމާ މާޔޫސްވޭ،" އަލްވޭސް ބުންޏެވެ.

ސައޮ ޕައޮލޯގެ މެޗެއްގެ ތެރެއިން އަލްވޭސް.-- ފޮޓޯ: އޭއެޕްޕީ


އަލްވޭސް ބުނީ 2016 ވަނަ އަހަރު ބާސެލޯނާ ދޫކޮށް އޭނާ ޔުވެންޓަސް އަށް ދިޔައިރު، އެންމެ ފުރަތަމަ ވެސް ބޭނުންވީ އަލުން ބާސެލޯނާ އަށް އެނބުރި އަންނަން ކަމަށާއި މިއަދާ ހަމައަށް ވެސް އެ ވިސްނުމުގައި ހުރިއިރު، ބާސެލޯނާގެ ހުށަހެޅުމެއް ލިބިފައިނުވާތީ އެއީ ހިތާމައެއް ކަމަށެވެ.

"އަހަރެން އަބަދުވެސް ބާސެލޯނާ އަށް ކުޅެން ބޭނުން. އަަހަރެން ބާސެލޯނާ ދޫކޮށްފައި ގޮސް ކޮންމެ ޓީމަކަށް ކުޅުނުއިރު ވެސް ބޭނުންވީ ބާސެލޯނާ އަށް ދާން. އެކަމަކު އެ ގޮތަށް ބާސެލޯނާ އިން ބޭނުމެއް ނުވި،" އަލްވޭސް ބުންޏެވެ.

ބާސެލޯނާ ދޫކޮށް ޔުވެންޓަސްގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ދެން އަލްވޭސް ބަދަލުވީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށެވެ. އޭނާ މިހާރު ކުޅެމުން އަންނަ ސައޮ ޕައޮލޯއާ ގުޅުނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

މި ސީޒަނަށް ފަހު ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. މެސީ އެ ކްލަބްގައި މަޑުކުރުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން އަންނައިރު، އަލްވޭސް ބުނީ މެސީ އަށް ވެސް އެ ނިންމުން ފަސޭހަނުވާނެ ކަމަށެވެ.