Advertisement

މަގާމުން ވަކިކުރަން އުޅޭކަން އެނގިފައި ނުވާކަމަށް ޒަހާ ވިދާޅުވެއްޖެ

30 އޭޕްރީލް 2021 - 15:34 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިނިސްޓަރު ޒަހާ މަޖިލީހުގައި ވާހަކަ ދައްކަވަނީ: އެމްއާރްއެމުން ބުނަނީ މިނިސްޓަރުންގެ އިތުބާރު އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ


މަގާމުން ވަކިކުރަން އުޅޭކަން އެނގިފައި ނުވާކަމަށް ޒަހާ ވިދާޅުވެއްޖެ

30 އޭޕްރީލް 2021 - 15:34 1

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުން ދުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިކަން އެނގިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކެބިނެޓު ޝަފަލް ކުރެއްވުމެއް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އޮފީހުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވަނީ އިއްޔެ ސިޓީއަކުން އަންގައިފަ އެވެ.

އެ ބަދަލުތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ޕާޓީއަށް ސަރުކާރުން ދިން ޖާގައެއްގައި ހުންނެވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަކިކޮށް އެ ވުޒާރާ ހިންގުން ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދަށް ދެއްވުން ހިމެނޭ ކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ޒަހާ "އަދަދު" އަށް ވިދާޅުވީ އޭނާ މަގާމުން ދުރުކުރަން އުޅޭ ކަމުގެ އެއްވެސް ސިގުނަލެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އޭނާގެ މަސައްކަތާ ދޭތެރޭގައި ރައީސް ސޯލިހު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޒަހާ ވިދާޅުވި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނައިބު ލީޑަރު އައިމިނަތު ނާދިރާ ވިދާޅުވީ އެ ޕާޓީގައި ހިމެނޭ އެއްވެސް މީހެއްގެ މަސައްކަތް ލަސްވެގެން ރައީސް ސޯލިހު ޝަކުވާ ކުރައްވާފައިނުވާ ކަމަށެވެ.

"މިދިޔަ މަހުގައި ވެސް ރައީސް އޮފީހުގަ ބައްދަލުވުމެއް ބޭއްވި. ޒަހާ އަށް އިތުބާރު އޮތް ކަމަށް ރައީސް ވިދާޅުވި. މިދިޔަ އެއް މަސް ތެރޭގައި ކޮން ކަމެއްތޯ ބަދަލުވީ،" ނާދިރާ ސުވާލު ކުރެއްވި އެވެ.

އެމްއާރްއެމަށް ދިން ޖާގައެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ވަޑައިގެންފައިވާ ޑރ. އިބްރާހިމް ހަސަން ވެސް މަގާމުން ދުރުކުރަން އުޅޭ ކަމަށްވެ އެވެ. އަދި ޑރ. ހުސެއިން ފިޝަރީޒް މިނިސްޓްރީއަށްލުމަށްފަހު ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް ހަމަޖައްސަ އުޅެނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ކަމަށްވެ އެވެ.