Advertisement

މުގު ކުޅި ބަތްޕެން

15 އޭޕްރީލް 2021 - 16:42 0

މުގު ކުޅި ބަތްޕެން


މުގު ކުޅި ބަތްޕެން

15 އޭޕްރީލް 2021 - 16:42 0

ތައްޔާރުކުރާނެ ގޮތް

  • 2 ޖޯޑު މުގު ދޮވެފައި
  • 2 ފިޔާގާނާފައި
  • 4 ލޮނުމެދު ގާނާފައި
  • 1/2 ސައި ސަމުސާ އިނގުރު ގާނާފައި
  • 1/2 ދަޅު ދަޅުމަސް ނުވަތަ އެއްޖޯޑު ހިމުން ކޮށް ކޮށާފައި ހުރި ވަޅޯމަސް
  • 1/4 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 3 ޖޯޑު ކާށިބޯކިރު
  • 3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
  • 2 ހިކަނދިފަތް
  • 4/1 ފަޅި ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި
  • 1 ސައި ސަމުސާ ޗިކަން ކިއުބް
  • 3/1 ޖޯޑު ރިހާކުރު
  • ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

  1. 6 ޖޯޑު ހުންނަހާފެން ތެއްޔަކަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ.
  2. ކެކިގަތުމުން މުގުކޮޅު އަޅާލާފައި ކައްކާށެވެ. މުގު ކެކެމުންދާއިރު މަތިން އަރާ ފޮނު ނަގާށެވެ.
  3. މުގު މަޑުވާން ފެށުމުން ފިޔާ، މިރުސް ,ހިކަނދިފަތް، ލޮނުމެދު، އެއްކޮށް އަޅާފައި ރަހަ ނިކުންނަ ވަރުވީމާ ކިރާއި ލުނބޯ ހުތް ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާލާފައި ކައްކާށެވެ.
  4. ރަހަ ނިކުންނަ ވަރަށް ކެކި މުގު ޗަސް ވާވަރަށް މަޑުވުމުން ބޯކިރާއި ހުތްފޮދު އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްފައި އުނދުން މަތިން ބާލާށެވެ.

ރެސިޕީ ތައްޔާރުކުރީ: ޖުވައިރިޔާ ވަޖުދީ