Advertisement

ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖެ ބަދަލުކުރާނެ މަޝްރޫއެއް: އަސްލަމް

14 އޭޕްރީލް 2021 - 12:17 1

މިނިސްޓަރު އަސްލަމް "އަދަދު"އަށް ވާހަކަ ދައްކަވަނީ: ނޮވެމްބަރު މަހުގެ ތެރޭގައި ތިން އަތޮޅެއްގައި ދަތުރުފަތުރުގެ ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު


ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖެ ބަދަލުކުރާނެ މަޝްރޫއެއް: އަސްލަމް

14 އޭޕްރީލް 2021 - 12:17 1

ރާއްޖޭގެ ރަށްތައް ގުޅުވާލާ ދަތުރުފަތުރުގެ ނިޒާމަކީ މުޅި ރާއްޖެ ބަދަލުކުރާނެ މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުގައި މި މަޝްރޫއާ ގުޅޭ ގޮތުން އެހުމުން ވިދާޅުވީ ހއ. ހދ. އަދި ށ. އަތޮޅަށް ދަތުރު ފެށުމަށްޓަކައި ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށެވެ. އެ ކުންފުންޏާ އެކު ސޮއިކުރީ ހައި ސްޕީޑު ފެރީތައް ބަނުމުގެ އެއްބަސްވުމުގަ އެވެ.

"ޕްލޭންތައް ހެދިފައި، ޝެޑިއުލްތައް ހެދިފައި. އަޅުގަނޑު މި ބަލަނީ ނޮވެމްބަރު މަހުގެ ތެރޭގައި މި އަތޮޅުގައި ސާވިސް ފަށައިގަންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގައި ފެރީތައް ބަންނަނީ ގަލްފް ކްރާފްޓުންނެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ ފުރަތަމަ ފިޔަވައްސަށް 50 މީހުންގެ ޖާގައިގެ 17 ފެރީއެއް ބަންނާށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މިގޮތަށް ދެތިން އަތޮޅު އެއްކޮށްލައިގެން ގޮސް މުޅި ރާއްޖެ ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި ގުޅުވާލެވޭނެ ކަމަށް އުއްމީދުކުރެއްވެ އެވެ.

"މިހާރު އޮތީ 3 ރީޖަންސް 6 ޒޯންސް. 25 ކްލަސްޓާސް،" ހިދުމަތް ކުރިއަށް ގެންދަން ނިންމާފައިވާ ގޮތާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ވެސް އަޅާ މި މަޝްރޫއާ އެކު ދަތުރުފަތުރުން ގުޅި މުޅި ރާއްޖެ ބަދަލުވެގެންދާނެ އެވެ.