Advertisement

މާލޭން ނާކާމިޔާބުވީ އެމްޑީޕީ ބައިބައިވުމުގެ ސަބަބުން: ފައްޔާޒް

11 އޭޕްރީލް 2021 - 10:06 3

އަމަން ހަލީމް

އަމަން ހަލީމް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (މ) ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު: ފައްޔާޒް ވިދާޅުވީ މި ނާކާމިޔާބީން ފިލާވަޅު ލިބިގެން ކަންކަން ރަނގަޅު ކުރާނެ ކަމަށް. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މާލޭން ނާކާމިޔާބުވީ އެމްޑީޕީ ބައިބައިވުމުގެ ސަބަބުން: ފައްޔާޒް

11 އޭޕްރީލް 2021 - 10:06 3

މާލެ ސިޓީން އެމްޑީޕީ އަށް ނާކާމިޔާބީއާ ކުރިމަތިވީ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމާއި، ސަރުކާރާ ދޭތެރޭ އޮތް ހިތްހަމަނުޖެހުމާއި، ރައްޔިތުންގެ އުއްމީދުތައް މާ އުހުގައި ހުރުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް މާލެ ސިޓީގެ މޭޔަރުކަމާ، ކައުންސިލްގެ މެޖޯރިޓީ ގެއްލުމާ ގުޅިގެން ފައްޔާޒް ވިދާޅުވީ މި ނާކާމިޔާބީ ގަބޫލުކޮށް، މިކަމުން ފިލާވަޅު ލިބިގެން ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ލިބުނު ނާކަމިޔާބީއާ ގުޅިގެން ފައްޔާޒް ކުރެއްވި ޓްވީޓް


އެމްޑީޕީ އަށް ނާކާމިޔާބީއާ ކުރިމަތިވީ ނަމަވެސް، މި އިންތިހާބަކީ މަލްޓި ޕާޓީ ޑިމޮކްރެސީއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވި އެވެ.

އިއްޔެ ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ވަނީ ގެއްލިފަ އެވެ. މާލެ ސިޓީގެ 18 ގޮނޑީގެ ތެރެއިން އެ ޕާޓީއަށް މިހާތަނަށް ޔަގީން ކުރެވުނީ ހަތް ގޮނޑި އެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ. މާލެ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްގެ މެޖޯރިޓީ ލިބުނީ އިދިކޮޅު ޕީޕީއެމް އަށެވެ.