ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

Nov 8, 2026, 3:50 PM
ފޮޓޯ: ޕީއޭ

ފޮޓޯ: ޕީއޭ

އާރުއެމްއެސް ޓައިޓޭނިކް ކަނޑަށް ނެރެ ޓެސްޓުކުރި ދުވަސްވަރު އެ ބޯޓުގެ ހަލް އިންޝުއަރެންސް ކޮށްފައިވާ ލެޖަރުގެ މިހާތަނަށް ފެންނަން އޮތް ހަމައެކަނި ކޮޕީ ނީލަމެއްގައި ވިއްކާލަން ނިންމައިފި އެވެ.

މި އިންޝުއަރެންސް ޕޮލިސީއަކީ އެ ބޯޓު އިންޝުއަރެންސް ކުރި މައިގަނޑު އެއް ކުންފުނި ކަމަށްވާ އެޓްލާންޓިކް މިއުޗުއަލް އިންޝުއަރެންސް ކޮމްޕެނީގެ ދަށުން، ބޯޓުގެ ދަގަނޑު ހަލްއަށް 100،000 ޑޮލަރުގެ ކަވަރޭޖެއް ދީފައިވާ ލިޔުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 މާރިޗު 1912 ގައެވެ. އެއީ ނިއުޔޯކަށް ކުރި ފުރަތަމަ ދަތުރުގައި ބޯޓު އަޑިއަށް ގޮސް، އޭގައި ތިބި 1،500 މީހުން މަރުވި ހާދިސާގެ އެންމެ 19 ދުވަސް ކުރި އެވެ. ބޯޓު އަޑިއަށް ދިޔަތާ 30 ދުވަސް ނުވަނީސް އިންޝުއަރެންސްގެ ފައިސާ ވަނީ ދައްކާ ހަލާސްކޮށްފަ އެވެ.

ހެންރީ އެލްޑްރިޖް އެންޑް ސަން އޮކްޝަނިއާސްގައި މި ލިޔުން ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 21 ގައެވެ. އުންމީދު ކުރެވޭ ގޮތުގައި މި ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ އެވެ.

އެމެރިކާގައި 1838 ވަނަ އަހަރު އުފެއްދި އެޓްލާންޓިކް މިއުޗުއަލް ކުންފުންޏަކީ 19 ވަނަ ގަރުނުގެ މެދުތެރެއާ ހަމައަށް އައިއިރު އުތުރު އެމެރިކާގައި އޮތް ކަނޑުދަތުރުފަތުރާއި އާންމު އިންޝުއަރެންސްގެ އެންމެ ބޮޑު ކުންފުންޏެވެ.

މި އިންޝުއަރެންސް ޕޮލިސީ ނަގާފައިވަނީ ޓައިޓޭނިކްގެ މައި ކުންފުނި ކަމަށްވާ އޯޝަނިކް ސްޓީމް ނެވިގޭޝަން ކޮމްޕެނީންނެވެ.

ގަބޫލުކުރެވޭ ގޮތުގައި، ޓައިޓޭނިކް އިންޝުއަރެންސް ކުރި ކުންފުނިތަކުގެ ތެރެއިން ވަކިވަކި ކުންފުނިތަކަށް ބަލާއިރު، އެންމެ ބޮޑު ކަވަރޭޖެއް ދީފައިވަނީ މި ކުންފުނިންނެވެ.

މިއަދުގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރުގެ އަގުހުރި މި ޕޮލިސީއަކީ 30 މާރިޗު 1912 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ދީފައިވާ ކަވަރޭޖެކެވެ.

ނީލަން ކުރިއަށްގެންދާ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވަނީ، ޓައިޓޭނިކްގެ އަސްލު އިންޝުއަރެންސް ޕޮލިސީއެއް، ވަކިން ހާއްސަކޮށް އެ ބޯޓު އިންޝުއަރެންސް ކުރި މައި ކުންފުނީގެ ލިޔުމެއް މީގެ ކުރިން ވިއްކާފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ފެންނަން ނެތުމުން، މިއީ އަގުނުކުރެވޭ ފަދަ ތަފާތު ލިޔުމެއް ކަމަށެވެ.

އެޓްލާންޓިކް މިއުޗުއަލް ކުންފުންޏަކީ ނިއުޔޯކަށް ދިން 9/11 ގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުންފުންޏެކެވެ.

ނަމަވެސް، އެންމެ ފަހުން އެ ކުންފުނީގެ އިންޝުއަރެންސް ލައިސަންސްތައް ބާތިލުކޮށް، 2011 ވަނަ އަހަރު ވަނީ ކުންފުނި އުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox