ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

Oct 26, 2026, 11:32 AM
ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދޮންފަން ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދޮންފަން ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ ފުޓްސަލް މުބާރާތް، "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ"ގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އެވެ.

މުޅި ބ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ތަށި ދޮންފަނުން ގެންދިޔައީ،  ދަ ނޮޓިލަސްގެ މައްޗަށް 5-0 އިން ކުރިހޯދައިގެންނެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި  ދޮންފަނަށް ލީޑުނަގައިދިނީ، ރާއްޖޭގެ ގިނަ ފުޓްސަލް މުބާރާތްތަކެއްގައި މިހާރު ކުޅެމުން އަންނަ އީރާނުގެ ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ އެވެ.

Advertisement

މެޗުގެ ދެ ވަނަ ހާފްގައި ދޮންފަނުގެ މުހައްމަދު ފައިޒާން ފަޒީން (ފައިއްޓެ) ހެޓްރިކެއް ހެދި އެވެ. ދޮންފަނަށް މެޗުގެ ފަހު ލަނޑު ޖަހައިދިނީ އިބްރާހީމް ރާއީ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފަހަކަށް އައިސް ދޮންފަނު ޓީމަށް ގިނަ މުބާރާތްތަކެއް ކުޅެމުން އަންނަ މޮހޮސިން އެވެ. 

ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި މި ފަހަރު އަށް ޓީމެއް ވާދަކުރި އެވެ. ރަށްރަށުގެ ޓީމުތަކުގެ އިތުރުން، ދެ ރިސޯޓެއް ވެސް މި ފަހަރުގެ މުބާރާތުގައި ފެނިގެންގޮސްފައިވެ އެވެ. މުބާރާތުގައި ވާދަކުރި ދެ ރިސޯޓަކީ ޑުސިޓް ތާނީ މޯލްޑިވްސް އާއި ނޮޓިލަސް އެވެ. މުބާރާތުގައި ދެން ވާދަކުރި ޓީމުތަކަށް ބަލާއިރު، ކިންގްސް ޔުނައިޓެޑް، ލަޔަންސް ޔުނައިޓެޑް، ޓީމް ދޮންފަނު، ނިއު ސްޕީޑްސް، ކިހާދޫގެ އިތުރުން ދޮންފަނު ވެޓެރަންސް ހިމެނެ އެވެ. 

މުބާރާތުގެ އެކިއެކި މަގާމުތަކުން މޮޅު ކުޅުންތެރިޔާގެ މަގާމު އަދި އެންމެ މޮޅު ކޯޗު ވެސް ވަނީ ހޮވައިފަ އެވެ. އެންމެ މޮޅު ކޯޗަކީ، ރާއްޖޭގެ ބޮޑެތި މުބާރާތްތަކުން ފެނިފައިވާ ކޯޗު، އިސްމާއިލް ރަޝީދު (އިސްމަ) އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ދޮންފަނުގެ އަބްދުލް އަހަދު ހުސައިން ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ނިއު ސްޕީޑް އެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަކީ، ދޮންފަނުގެ މޮހޮސިން އާއި ފައިއްޓެގެ އިތުރުން، ނޮޓިލަސްގެ މުހައްމަދު ނަވީދު އާއި އަހުމަދު ސަބާހު އަދި ކިންގްސް ޔުނައިޓެޑްގެ އަހުމަދު އެލް ސައީދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox