ސުވާލު ކުރުމާއި ޝަކުވާ ކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ: މެންބަރު ހުސެއިން

Oct 20, 2026, 9:44 AM
ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަމައެކަނި މެންބަރުންނަށް ހާއްސަ އިންޝުއަރެންސާ ގުޅޭ ގޮތުން ރައްޔިތުން ހުށަހެޅި ޕެޓިޝަނަށް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ފާޑުވިދާޅުވަމުން ދަނިކޮށް، ސުވާލު ކުރުމާއި ޝަކުވާ ކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ. 

މެންބަރުންގެ އިންޝުއަރެންސާ ގުޅޭ ގޮތުން ހުށަހެޅި ޕެޓިޝަނަށް ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވީ،  ސުވާލު ކުރުމުގެ "ހުރިހާ ހައްގެއް" ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. 

"އެބޭފުޅުންނަށް އެ ސުވާލު އުފެއްދުމުގެ ހައްގު އޮންނާނެ. އެ ސުވާލު އުފައްދައިގެން ވާހަކަ ދެއްކުމުގެ އަދި އެބޭފުޅުން ކަންބޮޑުވާ ކަމެއް އޮތިއްޔާމު އެވާހަކައަށް ވެސް މިތަނުގައި ސުވާލު ކުރިމަތިކުރުމުގެ ހުރިހާ ހައްގެއް ރައްޔިތުންނަށް ލިބިގެންވާނެ،" ހުސެއިން ވިދާޅުވި އެވެ. 

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ހާދިމުންކަން ވެސް ހުސެއިން ޝަރީފް ފާހަގަ ކުރެއްވި އެވެ. 

"ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންގެ މަތީގައި ތިބޭ ބައެއް ނޫން. ރައްޔިތުން ދޭ މަގާމެއްގައި، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި މި މަޖިލީހަށް ވަންނަނީ 'އިއްޒަތްތެރި' ކީ ކަމުވައި ވިޔަސް،" އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން، ހުސެއިން ގޮވާލެއްވީ ނިޒާމުތަކުގައި އަދުލުވެރިކަން ގާއިމް ކުރުމަށެވެ. 

"އަޅުގަނޑުމެންގެ ނިޒާމުގެ ތެރޭގައި އަދުލުވެރިކަން ގާއިމް ކުރުމަށް އަޅުގަނޑު ނަސޭހަތްތެރިވާނީ. މޫނަކަށް، ކަނދުރާއަކަށް، ދިގު މިނަކަށް، ކުރު މިނަކަށް ނުބަލާ ރައްޔިތަކަށްޓަކައި ތިމަންނާއަކީ ހިދުމަތް ފޯރުކޮށްދޭން ހުރި މީހާކަން ދަނެގެން ހިދުމަތް ފޯރުކޮށްދޭ ނަމަ މި މައްސަލައަށް ހައްލު އަންނާނެ،" އޭނާ ވިދާޅުވި އެވެ. 

އެ ޕެޓިޝަނަށް ބަހުސް ކުރަމުން ޕީއެންސީގެ ވަރަށް ގިނަ މެންބަރުން ވަނީ ރައްޔިތުންނަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ. 

"މިހެން އޮތް ނިޒާމެއް މިއީ، ވަރަށް މޮޅު ނިޒާމަކަށް ހަދައިގެން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންނާ ދޭތެރޭގައި ފިތުނަފަސާފަ އުފެދޭނެ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހަގީގަތުގައި ވަރަށް ހިތާމަހުރި ކަމެއް،" ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox