ވޯޓު ގުނި ތަނަށް ގޭންގެއް ފޮނުވައިގެން މާރާމާރީ ހިންގުވި ކަމަށް ކުރާ ތުހުމަތު ހުސެންބެ ދޮގު ކުރައްވައިފި

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް: ގޭންގަކާ ގުޅުމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް: ގޭންގަކާ ގުޅުމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލަށް ގޭންގެއް ފޮނުވައިގެން މާރާމާރީ ހިންގުވި ކަމަށް އޭނާގެ މައްޗަށް ކުރަމުންދާ ތުހުމަތުތައް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެންބެ) ދޮގު ކުރައްވައިފި އެވެ. 

ހުސެންބެ ފޭސްބުކް ގައި ވިދާޅުވީ އޭނާ ދަންނަ އެކަކުވެސް އޭނާއަކީ ގޭންގެއް ގެންގުޅޭ މީހެކޭ ނުވަތަ ގޭންގަކަށް ނިސްބަތްވާ މީހެކޭ ނުބުނާނެ ކަމަށެވެ.  އަދި އެފަދަ ތުހުމަތުތަކެއް އޭނާއަށް ކުރަނީ ބަޔަކު ޒާތީ ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ޒާތީނުވޭ. އަޅުގަނޑަކީ ކާކުކަން ދަންނަ އެއްވެސް މީހަކު އަޅުގަނޑަކީ ގޭންގު ގުރޫޕް ގެންގުޅޭމީހެކޭ، އަދި ގޭންގު ގުރޫޕަށް ނިސްބަތްވާމީހެކޭ ނުބުނާނެ. އެސްއެމް [ސޯޝަލް މީޑިއާ] ގައި، އެމީހަކަށް ބޭނުން އެއްޗެއް ލިޔެވިދާނެ،" ހުސެންބެ ވިދާޅުވި އެވެ. 

ހުސެންބެ މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީއަށް ނިސްބަތްވާ ބައެއް މީހުން ރޭގައި ހިނގި މާރާމާރީގައި ހުސެންބެގެ އަތެއް އޮތް ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. 

މި މަރާމާރީއާ ގުޅިގެން ފުލުހުން ބުނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓު ގުނުން ކުރިއަށްދިޔަ ސްކޫލަށާއި ސްކޫލުގެ މުދަލަށް ބަޔަކު ގެއްލުންދީ، އެތަނުގައި ތިބި މީހުންނާމެދު މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ހަމަނުޖެހުން ހިންގުމުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނާއި ސަރުކާރު މަގާމުތަކުގައި ތިބި ސިޔާސީ މުވައްޒަފުން ހިމެނޭ ކަމަށް އެތަނުގައި ހަރަކާތްތެރިވި  އަދަދުގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ. 

އެ ހަމަނުޖެހުމުގައި ކާމިލުދީދީ ސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި އެ ސްކޫލުގެ ބައެއް ގޮނޑި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. 

ޕީއެންސީގެ ލީޑާޝިޕްގެ ހާޒިރުގައި އެ ފޮށި ގުނާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރީ މަލްޝާ ޝަރީފެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox