ހައްޖު ކޯޕަރޭޝަންގެ ވެރިންގެ އަގުހެޔޮ ޕެންޓްހައުސްތަކުގެ މައްސަލަ ފަޅާއެރުމުން އެއްބަސްވުންތައް ބާތިލުކޮށްފި

މާލޭގައި ހުރި ހައްޖު ކޯޕަރޭޝަން އޮފީސް އޮފީސް. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މާލޭގައި ހުރި ހައްޖު ކޯޕަރޭޝަން އޮފީސް އޮފީސް. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ނިއަމް ރެސިޑެންސަސް" ގެ ޕެންޓްހައުސް ޔުނިޓުތައް އެ ންފުނީގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިން ހިމެނޭހެން ހެޔޮ އަގެއްގައި ގަތް މައްސަލަ ފަޅާއަރުވާލުމުން، ފްލެޓުތައް ވިއްކަން ހަދާފައި ހުރި އެއްބަސްވުންތައް އެ ކުންފުނިން ބާތިލުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ޕެންޓްހައުސް މައްސަލަ ރިޕޯޓުކުރީ ދައުރު ނޫހުންނެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖުމަންޓުން ވަނީ އެ މީހުންނަށް ވެސް ހެޔޮ އަގުގައި އެޕާޓުމަންޓުތައް ގަނެވޭނެހެން އުސޫލެއް އެކުލަވާލައި، އޭގެ ދަށުން ޕެންޓްހައުސް ޔުނިޓުތައް އެ މީހުންގެ ނަން މަތީގައި ރިޒާވުކޮށްފަ އެވެ.

ލަގްޒަރީ ގިންތީގައި ތަަރައްގީކުރަމުން އަންނަ އިމާރާތުގެ ޕެންޓްހައުސްއެއް ރިޒާވުކުރި ކަމަށް ތުހުމަތުކުރެވޭ އެކަކަކީ ހައްޖު ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލެވެ. މި އިމާރާތް އަޅަން ނިންމީ ވެސް އަދި މުވައްޒަފުންނަށް އަގު ހެޔޮކޮށް ފްލެޓު ދެވޭނެ އުސޫލު އެކުލަވާލީ ވެސް އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެންނެވެ. 

Advertisement

ޝަކީލުގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ކުރީގެ ސީއީއޯ ނަޖީލު އަހުމަދު އަދި އެ ކުންފުނީގެ މިހާރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބު ވެސް ޕެންޓްހައުސްތައް ރިޒާވުކުރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. 

މިި މައްސަލައިގައި އާންމުންގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ހައްޖު ކޯޕަރޭޝަނާ ހާވާލާދީ ނޫސްތަކުގައި ވަނީ، މުވައްޒަފުންނަށް އެޕާޓްމަންޓުތައް ވިއްކުމަށް މިހާތަނަށް ކޮށްފައިވާ އެންމެހައި މުއާމަލާތްތައް ބާތިލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހައްޖު ފަންޑެއް އުފައްދަން މަތީފަންތީގެ އެޕާޓްމެންޓު ބިލްޑިންއެއް އަޅަނީ

އެޕާޓްމެންޓު ބިލްޑިން އެޅުމަށާއި އޮފީސް އިމާރާތެއް އެޅުމަށް ހައްޖު ކޯޕަރޭޝަނުން ހުޅުމާލެއިން ބިން ގަތީ، އެ ކުންފުނީގައި ހުރި ހައްޖުވެރިން ޖަމާކޮށްފައިވާ ފައިސާއިން

މި ގޮތަށް ނިންމި ސަބަބެއް ކަމަށް އެ ކުންފުނިން ބުނަނީ، ކޮންމެ އެޕާޓުމަންޓު ޔުނިޓަކުން ކުންފުންޏަށް އެންމެ ބޮޑު ފައިދާ ލިބޭނެހެން ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމެވެ. އެ ގޮތުން ޔުނިޓުތަކުގެ އަގު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން އެ ތަންތަން ވިއްކަން އާންމުކޮށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

ހައްޖު ކޯޕަރޭޝަނުން މި މައްސަލައިގައި ނެރުނު ބަޔާނުގެ އެއްވެސް ހިސާބެއްގައި، އެ ކުންފުނީގެ ވެރިންނަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ އެއްވެސް ވާހަކައެއް ނެތެވެ. އަދި، އެެއްވެސް ކަމެއް އުސޫލުން ބޭރުން ހިނގާފައިވާ ކަމެއް ނޫނީ އެ ފަދަ ކަމެއް ހިނގާފައިވޭތޯ ބަލަން މަސައްކަތް ކުރާ ކަމަކަށް ވެސް ނެތެވެ.

ހައްޖު ކޯޕަރޭޝަންގެ ލަގްޒަރީ އިމާރާތުގެ ޕެންޓްހައުސް މައްސަލަ ފެންމަތިވުމުގެ ކުރިން، ޝަކީލު އޭނާގެ އާއިލާ މީހުން ގޮވައިގެން ހައްޖަށް ދިޔަ މައްސަލައަކާއި، ހައްޖު ކިޔޫގެ މާ ފަހަތުގައި ތިބި މީހުންގެ އަތުން ފައިސާ ނަގައިގެން ހައްޖަށް ފޮނުވި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މީގެ ތެރެއިން، ކިޔު ފަޅާލާފައި ހައްޖަށް ދާން ފުރުސަތު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. 

ހައްޖު ކޯޕަރޭޝަނުން އަންނަނީ ލަގްޒަރީ އެޕާޓުމަންޓުތަކުގެ އިތުރުން ހުޅުމާލޭގައި އޮފީސް އިމާރާތަކާއި ކ. މާފުށީގައި ގެސްޓްހައުސްއެއް ވެސް ތަރަައްގީކުރަމުންނެވެ. ޝަކީލު ކުންފުންޏާ ހަވާލުވެ ހުންނަވައިގެން، މި ހުރިހާ މަސައްކަތެއް ފެއްޓެވީ އެ ކުންފުނީގެ މާލީ ކަންކަން ހަރުދަނާކޮށް، ހައްޖު ފަންޑެއް ގާއިމުކުރަން ކަމަށް ވިދާޅުވެފަ އެވެ.

މި އިންވެސްޓްމަންޓްތަކަށް ހައްޖު ކޯޕަރޭޝަނުން ހުޅުވާލާފައި ވަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ތަން އިމާރާތްކުރާ ގޮތަށް ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުންނެވެ. މިހެން ނަމަވެސް އެ ބިންތައް ގަތީ ހައްޖާއި އުމްރާއަށް ދާން ވެގެން މީހުން ޖަމާކޮށްފައި ހުރި ފައިސާއިންނެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަރަދުތައް ހަމަޖައްސަން ސަރުކާރުން ދޭ އެހީ ނަގާފައި، ފައިސާ ވަންނަނީ ހައްޖާއި އުމްރާ ދަތުރުތައް ވިއްކައިގެންނެވެ. 

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox