ޕްރިމިއަމް ޓަޗުގެ ހުކުރު ދުވަހުގެ އޮފަރ: ސެންޓު ފުޅިއެއް ގެނެގެން އިނާމެއް!

Sep 25, 2026, 11:33 AM
ހުޅުމާލޭ ފޭސް 2 ގައި ހުންނަ ޕްރިމިއަމް ޓަޗް ފިހާރަ.

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ޕްރިމިއަމް ޓަޗް ފިހާރަ.

ސެންޓާއި އަމިއްލަ ރީތިކަމަށް ލޯބިކުރާ ފަރާތްތަކަށް "ޕްރިމިއަމް ޓަޗު"ން މިއޮތީ ވަރަށް އުފާވެރި ހަބަރެކެވެ.

އަންހެނުން، ފިރިހެނުން އަދި ކުޑަކުދިންނަށް ހާއްސަ އެންމެ މަތީ ފެންވަރުގެ ޕްރިމިއަމް ފްރެގްރެންސް، ސެންޓު އަދި ޕާސަނަލް ކެއާ އުފެއްދުންތައް ފޯރުކޮށްދެމުން އަންނަ ޕްރިމިއަމް ޓަޗުން ކޮންމެ ހުކުރު ދުވަހަކު ހާއްސަ ޕްރޮމޯޝަނެއް ގެންދަން ވަނީ ނިންމައިފަ އެވެ. މިއަދަކީ ވެސް ހުކުރު ދުވަހެވެ. 

މި އޮފާގެ ދަށުން، ހުކުރު ދުވަހު ޕްރިމިއަމް ޓަޗުން ސެންޓު ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް ހިލޭ އިނާމެއް ލިބިގެންދާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. 

މި އިނާމު ލިބޭނި މާލޭގައި ހުންނަ ޕްރިމިއަމް ޓަޗް ފިހާރައިންނާއި ހުޅުމާލެ ފޭސް 2 ގައި ހުންނަ ޕްރިމިއަމް ޓަޗް ފިހާރައިންނެވެ. 

މުޅި އާއިލާއަށް ބޭނުންވާ އެންމެ ފުރިހަމަ ސެންޓާއި ޕާސަނަލް ކެއާ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ލިބެން ހުރިއިރު، މިއީ ހުކުރު ދުވަހުގެ ވިޔަފާރިއާއެކު އިތުރު އުފަލެއް ހޯދާލަން ލިބޭ ރަން ފުރުސަތެކެވެ.

އަވަހަށް ޕްރިމިއަމް ޓަޗުގެ ފިހާރަތަކަށް ޒިޔާރަތްކުރައްވައި، ތިޔަބޭފުޅުންނަށް އެންމެ ކަމުދާ ސެންޓު ފުޅި ބައްލަވައިގެން ހިލޭ އިނާމު ހޯދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox