ރާއްޖެއިން ތެލާއި މައުދަން ހޯދަން މެލޭޝިއާގެ ޕެޓްރޯނަސްއަށް ދައުވަތު ދީފި

މެލޭޝިއާގެ މަޝްރޫހު ޓްވިން ޓަވަރު ކައިރީގައި ހުރި ޕެޓްރޯނަސް ކުންފުނީގެ ބޯޑެއް: އެ ކުންފުންޏަކީ މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި --- ފޮޓޯ: ފާއިޒް ޒަކީ/ޝަޓާސްޓޮކް

މެލޭޝިއާގެ މަޝްރޫހު ޓްވިން ޓަވަރު ކައިރީގައި ހުރި ޕެޓްރޯނަސް ކުންފުނީގެ ބޯޑެއް: އެ ކުންފުންޏަކީ މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި --- ފޮޓޯ: ފާއިޒް ޒަކީ/ޝަޓާސްޓޮކް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެލާއި ގަޭހުގެ އިތުރުން މައުދަންތައް ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި ޕެޓްރޯނަސްއަށް ދިވެހި ސަރުކާރުން ދައުވަތު އަރުވައިފި އެވެ.

މިކަން ހާމަކުރައްވަމުން، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ މި ކަމާ ގުޅިގެން ޕެޓްރޯނަސްއާ ވާހަކަ ދައްކާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި، ޕެޓްރޯނަަސް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތެލާއި މައުދަންތައް ކާމިޔާބުކަމާއެކީ ހޯދާފައިވާ ކުންފުންޏަކަށް މިއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޕެޓްރޯނަސްގެ ގާބިލުކަން ބަޔާންކޮށްދެއްވަމުން އަންވަރު ވިދާޅުވީ، އެ ކުންފުންޏަކީ ކެނެޑާއިން ފެށިގެން ތުރުކުމެނިސްތާނާއި، ސޫދާނާއި، ބްރެޒިލް އަދި ޕެރޫ ފަދަ ގައުމުތަކުގައި މި ފަދަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކީ ހިންގާފައިވާ ކުންފުންޏެއް ކަމަށެވެ. މިހެން ކަމުން ރާއްޖޭގައި ދިރާސާތައް ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. 

"ހިއެއް ނުވޭ ދިވެހިރާއްޖެއަށް އަންނަން މާ ބޮޑު މައްސަލައަކަށް ވާނެހެން. ތެޔޮ ނުފެނުނަސް އެ މީހުންނަށް ކުޑަމިނުން ދުވަސްކޮޅެއް ވަންދެން އަރާމުކޮށްލެވޭނެ،" ސަމާސާ ރާގަކަށް އަންވަރު ވިދާޅުވި އެވެ. 

ޕެޓްރޯނަސްއަށް މި ދައުވަތު ދިން އިރު، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ތެލާއި ގޭސް އަދި މައުދަންތައް ހޯދައި ނެގުމާ ބެހޭ ހާއްސަ ބިލެއް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ ތެރޭގައި ނިންމާފަ އެވެ.

ސަރުކާރުން ބުނީ މި އޮނިގަނޑުގައި، ތެލާއި މައުދަންތައް ހޯދުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމާއި، އަދި މި ދާއިރާ ރެގިއުލޭޓްކޮށް ބަލަހައްޓާނެ ގޮތްތައް ބަޔާންކުރެވޭނެ ކަމަށެވެ. 

އޭގެ އިތުރުން، މި ފަދަ ކަންކަމަށް ޝައުގުވެރިކަން ހުރި ބޭރުގެ ވިޔަފާރިތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ، ހާއްސަ އިގުތިސާދީ ސަރަހައްދު ނުވަތަ އެސްއީޒެޑްގެ ދަށުން ކުރެވޭނެ މަސައްކަތްތަކުގެ ތެރޭގައި ތެލާއި މައުދަންތައް ހޯދުން ހިމަނާފަ އެވެ. މިފަދަ މަޝްރޫއެއް ފެށުމަށްޓަކައި މަދުވެގެން 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރަން ޖެހެ އެވެ. 

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިފަދަ ދިރާސާތަކެއް ކޮށްފައިވެ އެވެ. އެ ގޮތުން 2014 ގައި ޖަރުމަނުވިލާތުގެ ހެމްބާގް ޔުނިވާސިޓީން ކުރި ދިރާސާތަކުން ރާއްޖޭގެ ކަނޑުގެ އަޑީގައި ގޭސް ނުވަތަ ދިޔާ އެއްޗެއް ހުރިކަމުގެ ނިޝާންތަކެއް ފެނިފައިވާ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް އެ މައުލޫމާތުގެ އަލީގައި ދެން ކުރި ކަމެއް ނޭނގެ އެވެ. 

ރާއްޖެއަކީ ހަކަތަ އުފެއްދުމަށް ޓަކައި މުޅީން ކަހަލަ ގޮތަކަށް އިމްޕޯޓް ކުރާ ތެލަށް ބަރޯސާވާ ގައުމެކެވެ. އެހެންކަމުން، ރާއްޖޭގެ އަމިއްލަ ސަރަހައްދުން ތެޔޮ ފެނިއްޖެނަމަ، ހަކަތައިގެ ރައްކާތެރިކަން ކަވަށަރު ކުރަން ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

މިހެން ނަމަވެސް ތިމާވެށި ރައްކާތެރިކުރަން ގޮވާލާ އަމިއްލަ ޖަމިއްޔާތަކުން ވަނީ މީގެ ކުރިން ވެސް މި ފަދަ ކަންކަން ރާއްޖޭގައި ކުރަން ހުއްދަ ދިނުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. ތިމާވެށީގެ އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި ތެލާއި މައުދަންތައް ނެގުމަކީ ރާއްޖޭގެ ނާޒުކު ވެއްޓެއް އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox