ސްޓޭޓް ފާމާ އުފެއްދިޔަސް ބޭހުގެ މައްސަލަ މި ދައުރުގައި ހައްލެއް ނުވާނެ: އަމްރު

ހުސައިން އަމްރު: ސްޓޭޓް ފާމާ ހެދިޔަސް ބޭހުގެ މައްސަލަ މި ދައުރުގައި ހައްލުނުވާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ހުސައިން އަމްރު: ސްޓޭޓް ފާމާ ހެދިޔަސް ބޭހުގެ މައްސަލަ މި ދައުރުގައި ހައްލުނުވާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އެސްޓީއޯ މެޑިކަލްސް އިން ދެމުންދިޔަ ބޭހުގެ ހިދުމަތްތައް ސްޓޭޓް ފާމާ ހަދައިގެން އޭގެ ދަށަށް ބަދަލުކުރިޔަސް ބޭސް ލިބުމުގައި ހުރި ދަތިތައް މި ދައުރުގެ ތެރޭގައި ހައްލު ނުވާނެ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ސްޓޭޓް ފާމާ އުފެއްދިޔަސް މި ދައުރުގެ ތެރޭގައި ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުވުމަށްވުރެ ބޮޑަށް އެހެން ދިމާލަކަށް މިސްރާބުދާތަން ފެންނަމުންދާ ކަމަށެވެ. 

"ތިން މަހެއް ނޫން އަޅުގަނޑު މި ދަންނަވަނީ މި ދައުރުގައި ހައްލެއް ނުވާނެ މުއިއްޒުއަށް އެކަމެއް [ބޭހުގެ މައްސަލަ]. އެއީ މިދަނީ އަދި މުޅިން އެހެން ދިމާލަކަށް. ކުރިންވާ ފައިސާ ނުލިބިގެން ނެގެނެވިގެން އިމްޕޯޓް ނުކުރެވިގެން މި ބޭސް ނުލިބެނީ. މިހާރު އިންތިހާއަށް އަގުބޮޑުވާނެ ބޭސް ލިބޭވަރު،" އަމްރު ވިދާޅުވި އެވެ.

Advertisement

އަމްރު ވިދާޅުވީ ސަރުކާރުން މިހާރު އުޅެނީ ސްޓޭޓް ފާމާއިން ނުލިބޭ ބޭސްތައް ލިބޭނެ އެހެން ފާމަސީތައް ޓްރެކްކޮށްދޭން ކަމަށެވެ. ނަމަވެސް ސްޓޭޓް ފާމާ ފަދަ ފާމަސީއެއްގައި ހުރިހާ ބޭހެއްވެސް ހުންނަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. 

"އަނެއްކާ މިހާރު އެ އުޅެނީ މާ މޮޅު އެއްޗެއް ހަދަން އެނގޭތޯ. މިހާރު އެއުޅެނީ މިސާލަކަށް ކަނޑައަޅަން މިވެނި މިވެނި ފާމަސީތަކުންނޭ މިވެނި ބޭހެއް ލިބޭނީ. މިވެނި ފާމަސީތަކުން މިވެނި ބޭހެއް ނުލިބޭނެއޭ. އެހެންވީމަ ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ދިޔާމަ ބުނަނީ ސްޓޭޓް ފާމާއިން މިތަނަކުން ނޫނޭ ތި ބޭސް ދެނީކީ. އެހެން ތަނަކުންނޭ ލިބޭނީ،" އަމްރު ވިދާޅުވި އެވެ. 

"އެހެންވީމަ އަނެއްހެން ދަންނަވާ ކަމަށްވަންޏާ އެތާ ބޭސް ނެތީކީ ނޫން. އެތަނުން ނުލިބޭ ބޭހަކީތާ. އެކަމަކު އެއީކީ އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫންތާ. ސްޓޭޓް ފާމާ މިކިޔަނީ. އެހެންވެއްޖެއްޔާ ހުރިހާ ބޭހެއްވެސް ލިބެންޖެހޭނެ. ފާމަސީއެއްވެއްޖެއްޔާ. އަނެއްކާ ފާމަސީގެ ރެގިއުލޭޝަންގެ ދަށުން ހުންނަންޖެހޭނެ ބޭސްތައް." 

މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބަރާބަރަށް ބޭސް ލިބެމުންދާކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ ބޭސް ލިބުމުގައި ދަތިތައް ދިމާވެގެން އުޅެނީ ފާމަސީތަކަށް އާސަންދައިން ދޭންޖެހޭ ފައިސާ ނުދީގެން ކަމަށެވެ. އޭނާ ވިދާޅުވީ ބޭސް ނުލިބެން ފެށީ އުސޫލުތަކަށް ސަރުކާރުން ގެންނަން ފެށި ބަދަލުތަކުން ކަމަށެވެ. 

ސަރުކާރުން އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމާގެ ދަށަށް އެސްޓީއޯއިން ހިންގި ބޭސް ފިހާރަތައް ބަދަލުކޮށް ހިދުމަތްދޭން ފެށީ މިދިޔަ ޖުލައި 1، އިން ފެށިގެންނެވެ. ސްޓޭޓް ފާމާއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ބޭހުގެ ހިދުމަތް ފަސޭހަކަމާއެކު މުޅި ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. 

ނަމަވެސް ސްޓޭޓް ފާމާ ހެދިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެތަނުން އަދިވެސް ގިނަ އަދަދެއްގެ ބޭސް ނުލިބެ އެވެ. އޭގެއިތުރުން ރާއްޖޭގެ އެކި ފާމަސީތަކުން ނުލިބޭ ބޭސްތަކުގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox