ވިލާ ސިމެންތިއަށް 26 އަހަރު: އުމްރާނީ ތަރައްގީގެ އިތުބާރު ހުރި ބައިވެރިއެއް

Jul 28, 2026, 11:31 AM
ތިލަފުށީގައި ހުންނަ ވިލާގެ ފެކްޓްރީގައި ސިމެންތި ބަންދުކުރަނީ. -- ފޮޓޯ: ވިލާ ހަކަތަ

ތިލަފުށީގައި ހުންނަ ވިލާގެ ފެކްޓްރީގައި ސިމެންތި ބަންދުކުރަނީ. -- ފޮޓޯ: ވިލާ ހަކަތަ

ވިލާ ސިމެންތިއަކީ ފާއިތުވި 26 އަހަރު އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ބޮޑު އިތުބާރެއް ހޯދާފައިވާ އެއް ނަމެވެ. މުޅި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ފެށިގެން، ރިސޯޓުތަކާއި އާންމުންގެ ގޭދޮރު އިމާރާތްކުރުމާ ހަމައަށް، ވިލާ ސިމެންތި ވެފައިވަނީ ކޮންޓްރެކްޓަރުންނާއި ބިލްޑަރުންގެ އެންމެ ފުރަތަމަ ހޮވުމެވެ.

ވިލާ ސިމެންތީގެ ހިއްސާ އޮތް މިންވަރު ގެދޮރު އިމާރާތްކުރުމާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ފެންނަން އެބައޮތެވެ. ރާއްޖޭގައި ހިންގާފައިވާ އަދި މިހާރު ވެސް ހިންގަމުންދާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ސިމެންތި ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ވަނީ ޕެކިން ކެޕޭސިޓީ ތަރައްގީކުރުމަށް ސްޓްރެޓެޖިކް އެޕްރޯޗަކާއެކު މަސައްކަތް ކޮށްފަ އެވެ.

ވިލާ ސިމެންތި ބޭނުންކޮށްފައިވާ މުހިންމު މަޝްރޫއުތައް:

  • ސިނަމާލެ ބްރިޖު: ރާއްޖޭގެ އެންމެ ތާރީހީ އުމްރާނީ ބިނާ.
  • ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް: އައު ރަންވޭ، ކާގޯ ޓާމިނަލް އަދި އައު ޕެސެންޖާ އެރައިވަލް ޓާމިނަލް.
  • ނޫވިލު ސީޕްލޭން ޓާމިނަލް: ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު ވަސީލަތެއް.
  • ހިޔާ، ފަހިދިރިއުޅުމުގެ ފްލެޓް މަޝްރޫއު
ބްރިޖުގެ މަސައްކަތްތަކަށް ވެސް ވިލާ ސިމެންތި ބޭނުންކުރި
ބްރިޖުގެ މަސައްކަތްތަކަށް ވެސް ވިލާ ސިމެންތި ބޭނުންކުރި

ސިމެންތި ބަންދުކުރުން އެންމެ މަތީ ފެންވަރުގައި

ވިލާ ސިމެންތި ތަފާތުވާ އެންމެ ބޮޑު ސަބަބަކީ އެއީ ސީދާ ރާއްޖޭގައި ބަންދުކުރެވޭ ސިމެންތިއަކަށް ވުމެވެ. މީގެ މައިގަނޑު ފައިދާއަކީ ކޮންމެ ވަގުތަކުވެސް އެންމެ ތާޒާކަންމަތީ ބާޒާރަށް ސިމެންތި ފޯރުކޮށްދެވި، ބޭނުންކުރުމާ ހަމައަށް އޭގެ އެންމެ މަތީ ކޮލިޓީ ހިފެހެއްޓުމަށް މަގުފަހިވުމެވެ.

އަތޮޅުތަކުގެ ރަށްރަށަށް ކުރާ ދިގު ދަތުރުތަކުގައި ސިމެންތި އުފުލާއިރު، އޭގެ ފެންވަރު ނުގެއްލި ގަނޑުވުން ފަދަ މައްސަލަތަކުން ރައްކާތެރިކުރުމަށްޓަކައި ވިލާ ސިމެންތި ބަންދުކޮށްފައިވަނީ ހާއްސަ ދެ ފަށަލަ ހިމެނޭ ގޯނީގަ އެވެ.

މިފަދަ ރައްކާތެރި ފެންވަރެއްގައި ޕެކްކޮށްފައިވުމުން، ރަނގަޅު ގޮތުގައި ގުދަންކޮށްފިނަމަ އެއްވެސް ބަދަލެއް ނައިސް 90 ދުވަހުގެ މުއްދަތަށް ސިމެންތި ރައްކާކުރެވޭނެ އެވެ. މިއީ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކޮންޓްރެކްޓަރުންނަށާއި ޑިވެލޮޕަރުންގެ އިތުރުން އަމިއްލަ ގެ އިމާރާތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާ އިތުބާރެކެވެ. 

ވިލާ ސިމެންތިއަކީ އައިއެސްއޯ 9001 ގެ މިންގަނޑުތަކަށް ފެތޭ އުފެއްދުމެކެވެ. 

ވިލާ ސިމެންތި
ވިލާ ސިމެންތި
ވިލާ ސިމެންތި
ވިލާ ސިމެންތި

ވިލާ ހަކަތަ: ކޮންސްޓްރަކްޝަން މާކެޓުގެ އިތުބާރު

ވިލާ ސިމެންތިއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންގްލޯމެރޭޓް ކަމަށްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުނި، ވިލާ ހަކަތައިގެ "ފްލެގްޝިޕް" ބްރޭންޑެވެ. 2000 ވަނަ އަހަރުން ފެށިގެން ކޮންސްޓްރަކްޝަން ސާމާނާއި ސިނާއީ ޒަރޫރީ ތަކެތި ފޯރުކޮށްދެމުން އަންނަ ވިލާ ހަކަތައިގައި 16000 މެޓްރިކް ޓަނުގެ ލޫސް ސިމެންތި ރައްކާކުރެވޭއިރު، ޒަމާނީ މެޝިނަރީތައް ބޭނުންކޮށްގެން 50 ކިލޯގެ ސިމެންތި ބަންދުކުރެ އެވެ. އަދި ބޮޑެތި މަޝްރޫއުތަކަށް ޖަންބޯ ބޭގްގަ ވެސް ބަންދުކުރެ އެވެ. މި މަސައްކަތް ކުރަނީ ތިލަފުށީގަ އެވެ. 

ތިލަފުށީގައި ހުންނަ ވިލާ ސިމެންތި ބަންދުކުރާ ކާރުހާނާ -- ފޮޓޯ: ވިލާ ހަކަތަ
ތިލަފުށީގައި ހުންނަ ވިލާ ސިމެންތި ބަންދުކުރާ ކާރުހާނާ -- ފޮޓޯ: ވިލާ ހަކަތަ

ސިމެންތީގެ އިތުރުން ވިލާ ހަކަތައިން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި،

  • އިމާރާތްކުރާ ސާމާނު: ފެންވަރު ރަނގަޅު ހިލަ، ވެލި، ޓިމްބާ، ޕްލައިވުޑް، ޝެރާ ބޯޑް، ޕާލިން، ޑީފޯމްޑް ބާސް، ސްޓީލް އަދި ކުލަ ޓިނު (ކަސްޓަމަރުން އެދޭ ގޮތަށް ކަސްޓަމައިޒް ކޮށްދެއެވެ).
  • ވިލާ ގޭސް: ރާއްޖޭގެ އެންމެ ބޮޑު ގޭސް ސްޓޯރޭޖާއެކު ތަފާތު ސައިޒުތަކުގެ ފުޅީގައި ގޭސް ބަންދުކޮށް، ޑެލިވަރީކޮށްދެ އެވެ.
  • ޝެލް ލުބްރިކެންޓްސް: ދުނިޔޭގެ ލީޑިން ލުބްރިކެންޓް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވެސް ވިލާ ހަކަތައެވެ.
ވިލާ ސިމެންތި
ވިލާ ސިމެންތި

ވޭތުވެދިޔަ 26 އަހަރުގެ ކާމިޔާބު ދަތުރަށް ބަލާއިރު، ވިލާ ސިމެންތިން ވަނީ ކޮންޓްރެކްޓަރުންގެ ފުރިހަމަ އިތުބާރު ހޯދައި، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ނަމޫނާ ބްރޭންޑަކަށް ވެފަ އެވެ. ރާއްޖޭގައި ބަންދުކުރުމުގެ ފައިދާއާއި، އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ރަނގަޅު ކޮލިޓީ، އަދި ރާއްޖޭގެ މޫސުމާ ގުޅޭ ގޮތަށް އުފައްދާފައިވުން، މިއީ މިއަދުވެސް އަދި މާދަމާވެސް، ދިވެހިންގެ ގައުމީ ބިނާތަކާއި ގެދޮރު ރޭނުމަށް ވިލާ ސިމެންތި އެންމެ އިތުބާރު ހުރި ހޮވުމުގެ ގޮތުގައި ދެމިއޮންނާނެ މުހިންމު ސަބަބުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox