ވިލާ ސިމެންތި: އިތުބާރު ލިބިފައިވާ ފެންވަރު ހުރި އުފެއްދުމެއް

ވިލާ ސިމެންތި: އިތުބާރު ލިބިފައިވާ ފެންވަރު ހުރި އުފެއްދުމެއް

ސިމެންތީގެ ފެންވަރު ފުރިހަމައަށް ވަޒަން ކުރެވޭނީ އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި ބޭނުންކުރުމުން ނުކުންނަ ނަތީޖާ އާއި ލެބޯޓަރީ ޓެސްޓުތަކުންނެވެ. އެ ހުރިހާ މިންގަނޑަކުން ވެސް ވިލާ ހަކަތައިގެ ސިމެންތިއަކީ ކޮންސްޓްރަކްޝަން ދާއިރާގައި އިތުބާރު ލިބިފައިވާ އޭގެ ފެންވަރު ހިފަހައްޓައި ދަމަހައްޓާ އުފެއްދުމެކެވެ.

ވިލާ ހަކަތައިން ލޫޒް ސިމެންތި އެތެރެކޮށް، އެ ސިމެންތި ސްޓޯރޭޖް ސައިލޯ ފެސިލިޓީގައި ވަރަށް ފަރުވާތެރިކަމާއެކު ރައްކާ ކުރެ އެވެ. ކޮލިޓީ ހިފެހެއްޓުމަށް ވަގުތުން ވަގުތަށް ސިމެންތި ޕެކް ވެސް ކުރެ އެވެ.

ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ވިލާ ސިމެންތި ރާއްޖޭގެ ކޮންސްޓްރަކްޝަން މާކެޓުގައި ކުރިއެރުން ހޯދީ ކޮލިޓީގެ ސަބަބުން ކަމަށްވާއިރު، ފާއިތުވި އަހަރުތަކުގައި ވިލާ ހަކަތައިން ވަނީ ޕެކިން ކެޕޭސިޓީ ވެސް އިތުރު ކޮށްފަ އެވެ.

Advertisement

އެގޮތުން ވިލާ ހަކަތައިގެ އަށް ސިމެންޓް ސައިލޯސްގައި 16،000 މެޓްރިކް ޓަނުގެ ސިމެންތި ރައްކާ ކުރުމުގެ ގާބިލުކަން މިހާރު ލިބިފައިވެ އެވެ.

އެ ކުންފުނިން އުފައްދަނީ 50 ކިލޯގެ ސިމެންތި ބަސްތާ އަދި އެއް މެޓްރިކް ޓަނުގެ ޖަމްބޯ ބަސްތާގެ ސިމެންތި އެވެ.

ވިލާ ހަކަތައިން އަންނަނީ ސިމެންތީގެ އިތުރުން ޕްލައިވުޑް، ޝެރާ ބޯޑް، ބައިޑިން ވަޔާ، ޑީފޯމްޑް ސްޓީލް ބާސް، ހިލަ އާއި ހިލަވެލި، ބްލެކް ފިލްމް ފޭސްޑް ޕްލައިވުޑް އަދި ޓިނު ވެސް ވިއްކަމުންނެވެ.

ވިލާގެ ސިމެންތިއާ ގުޅޭ މައުލޫމާތު ހޯދުމަށް 7236464 ނަންބަރަށް ގުޅައިގެން ނުވަތަ sales@vhpl.com އަށް މެއިލް ކޮށްލައިގެން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލާ ހަކަތައިން މީގެ 24 އަހަރު ކުރިން ފެށިގެން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ބޮޑު ދައުރެއް އަދާކޮށް، ރާއްޖޭގެ މާކެޓުތަކަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox