ސްޕެއިން އާއެކު ކުރާ ވިޔަފާރި ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފި

Jul 9, 2026, 12:59 PM
ސަންޗޭޒް އަދި ޓްރަމްޕް

ސަންޗޭޒް އަދި ޓްރަމްޕް

ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގަވާއިދުތައް ބުނާ ގޮތުން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދަންޖެހެނީ މުޅި އިއްތިހާދު އެކުވެގެން ކަމަށްވީ ނަމަވެސް، ޓްރަމްޕް މި ފިޔަވަޅު އެޅުއްވީ ދިފާއީ ހަރަދުތަކާއި އީރާނު ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުގެ ތެރެއިން ޓްރަމްޕް ވަނީ ސްޕެއިނަކީ "ވަރަށް ކަމުނުދާ ބައިވެރިއެއް" ކަމަށް ސިފަކުރައްވައި، އެ ގައުމާ ދެމެދު އޮތް ހިޔާލުތަފާތުވުންތައް އަލުން އާކުރައްވާފަ އެވެ.

Advertisement

މީގެ އިތުރުން ގްރީންލޭންޑާ ގުޅޭ ގޮތުން ކުރިން ކުރެއްވި ދައުވާތައް ވެސް އޭނާ ވަނީ ތަކުރާރު ކުރައްވާފަ އެވެ. ނަމަވެސް ފަހުން ވާހަކަ ބަދަލުކުރައްވައި، އެ ބައްދަލުވުމުގައި ލޯތްބާއި "ބޮޑު އެއްބައިވަންތަކަމެއް" އޮތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ މި ހިޔާލުތަފާތުވުންތަކަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. އަދި ސަމިޓުގެ ތެރެއިން ޓްރަމްޕާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް "ގާތް" ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޓޯގެ އާ އުސޫލުގެ ދަށުން، ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ފަސް އިންސައްތަ ދިފާއީ ހަރަދަށް ކަނޑައެޅުމަށް ސްޕެއިނުން ދެކޮޅު ހެދުމާ ގުޅިގެން، އެ ގައުމާއެކު ކުރާ ވިޔަފާރި ހުއްޓާލުމަށް ޓްރަމްޕް، ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް އިރުޝާދު ދެއްވި މިއީ ދެވަނަ ފަހަރެވެ.

މީގެ ކުރިން މިދިޔަ މާޗު މަހު ވެސް ޓްރަމްޕް މިފަދަ ވައުދެއް ވެވަަޑައިގެންނެވި ނަމަވެސް، އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްދިޔައީ އާންމު ހާލަތުގަ އެވެ.

"ސްޕެއިނުން އެއްވެސް ކަމަކަށް އެއްބަހެއް ނުވޭ، އެމީހުން ގޮވައިގެން އުޅުމުގެ ބޭނުމެއް ނެތް،" ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ގާތު ޓްރަމްޕް ވިދާޅުވި އެވެ.

މި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތް ކުރައްވަމުން ރޫޓާ ވިދާޅުވީ، ސްޕެއިނުން މިދިޔަ އަހަރު ދިފާއީ ހަރަދު ދެ ޕަސެންޓަށް އިތުރުކޮށް "ބޮޑު ކުރިއެރުމެއް" ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ހައްލުކުރަންޖެހޭ މައްސަލަތައް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox