ގެނބުނު ކުއްޖަކު މޯޗަރީގައި އޮތްތާ ފަސް ގަޑިއިރު ފަހުން ދިރިހުރިކަން އެނގިއްޖެ

Jul 9, 2026, 11:01 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ އެރިޒޯނާގެ ސްވިމިން ޕޫލަކަށް ގެނބިގެން ހަބަރު ހުސްވެފައި އޮއްވާ ފެނިގެން މަރުވި ކަމަށް ކަނޑައެޅި ތުއްތު ކުއްޖަކު، ހޮސްޕިޓަލުގެ މޯޗަރީގައި ބާއްވާފައި އޮއްވާ ދިރިހުރިކަން އެނގިފައިވާ ކަމަށް ފުލުހުންގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އުމުރުން އެންމެ 18 މަހުގެ މި ފިރިހެން ކުއްޖާ، ގެއެއްގެ ޕޫލް ތެރޭގައި ގެނބިފައި އޮއްވާ ފެނުމުން، އެ ކުއްޖާގެ އާއިލާއިން ފުލުހުންނަށް ގުޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ.

ހާދިސާ ހިނގި ސަރަހައްދަށް ވަގުތުން ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ގޮސް، ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ ގަޑިއިރެއް ފަހުން އެ ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފަ އެވެ.

ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން، އެ ކުއްޖާގެ ހަށިގަނޑުން ދިރިހުރިކަމުގެ ނިޝާންތަކެއް ފެންނަ ކަމަށް ފުލުހުން އެ ވަގުތު ހޮސްޕިޓަލުގައި ހުރި ޑޮކްޓަރު އާރިއަން ތޫސީ ގާތު ބުންޏެވެ. ނަމަވެސް އެ ޑޮކްޓަރު ޖަވާބުގައި "ތިޔަބޭފުޅުންގެ މަސައްކަތް ތިޔަބޭފުޅުން ކުރައްވާ، އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑަށް ކުރަން ދޫކޮށްލާ،" ކަމަށް ބުނި ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޑޮކްޓަރު ތޫސީ އިތުރަށް ބުނެފައިވަނީ އޭނާ މެޑިކަލް ސްކޫލަށް ދިޔައީ ސަބަބެއް އޮވެގެން ކަމަށެވެ.

ކުއްޖާ ގެނބިގެން ފުލުހުންނަށް ރިޕޯޓްކުރި ވަގުތަކީ، އެމެރިކާގެ އެންއެފްއެލް ސުޕަ ބޯލް މެޗު ބަލަން އެ އާއިލާގެ މީހުން އެއްވެ ތިބި ވަގުތެކެވެ.

އެންބީސީ ނިއުސްއަށް ލިބިފައިވާ ފުލުހުންގެ ބޮޑީކެމް ވީޑިއޯއިން ފެންނަ ގޮތުގައި، "އެއްވެސް އިއުތިރާޒެއް ނެތް ނަމަ، މަރުވި ވަގުތު ކަނޑައަޅަން އަޅުގަނޑު ބޭނުން،" ކަމަށް ޑޮކްޓަރު ތޫސީ ބުނެ އެވެ.

ޑޮކްޓަރު ބުނެފައިވަނީ މަރުވި ވަގުތަކީ 18:20 ކަމަށެވެ.

ނަމަވެސް، މެރިކޯޕާ ކައުންޓީ މެޑިކަލް އެގްޒެމިނާސް އޮފީހުން ހަށިގަނޑު ބަލާ ދިޔަ މީހަކަށް، ފަސް ގަޑިއިރު ފަހުން އެ ކުއްޖާ އަދިވެސް ނޭވާލާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ.

އެއާއެކު ވަގުތުން އެހެން ހޮސްޕިޓަލަކަށް އެ ކުއްޖާ ވައިގެ މަގުން ގެންގޮސް ފަރުވާ ދިނުމުން، އޭނާގެ ހާލު ރަނގަޅުވެ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ޑޮކްޓަރުގެ ވަކީލު ސްކޮޓް ހޯލްޑަން ބީބީސީއަށް ފޮނުވި އީމެއިލް ބަޔާނެއްގައި ބުނެފައިވަނީ، އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުންނާއި ބަލިމީހާގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން، މި ވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ދަނީ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އިހުމާލުވުމުގެ ދައުވާ ކުރުމަށް ލަފާދެމުންނެވެ.

ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން، ތަހުގީގު ކުރި ފަރާތްތަކަށް އެ ގޭތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުއާނާ ވަސް ވަރަށް ގަދައަށް ދުވި އެވެ. އެހެންކަމުން، އެ ކުއްޖާ ޕޫލް ކައިރިއަށް ދިޔައީ ބެލެނިވެރިއެއްގެ ސަމާލުކަން ނެތި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox