ދަތާއި އަނގައިގެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް

Jul 6, 2026, 8:00 AM
ދަތް ސާފުކޮށް ބެލެހެއްޓުމަކީ އަނގައިގެން ބަލިތަކަށް މުހިއްމު ކަމެއް

ދަތް ސާފުކޮށް ބެލެހެއްޓުމަކީ އަނގައިގެން ބަލިތަކަށް މުހިއްމު ކަމެއް

ދަތާއި އަނގައިގެ ދުޅަހެޔޮކަމަކީ އާންމު ސިއްހަތާ ސީދާ ގުޅިފައިވާ މުހިންމު ކަމެކެވެ. އަނގައިގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ބެކްޓީރިއާ، ވައިރަސް އަދި ފަންގަސް އުޅެއެވެ. މީގެ ތެރެއިން ގިނަ ބެކްޓީރިއާއަކީ ހަށިގަނޑަށް ފައިދާހުރި ތަކެއްޗަށް ވީނަމަވެސް، އަނގަޔަށް ދެވޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން ތަފާތު ބަލިތަކަށް މަގުފަހިވެ އެވެ.

އަނގައިގެ ތެރޭގައި އެސިޑް އުފައްދާ ބެކްޓީރިއާ އިތުރުވަނީ ކާބޯތަކެތީގައި ހުންނަ ހަކުރުގެ ސަބަބުންނެވެ. މި އެސިޑްގެ ސަބަބުން ދަތުގެ ބޭރު ފަށަލަ ހަލާކުވެ، ދަތް ފަނިކައެވެ. ދަތް އުނގުޅައި ސާފުނުކުރާނަމަ، ދަތް ހަޑިވެ، ކޮބަޑި ޖަހައެވެ. މިއީ ހިރުގަނޑު ދުޅަވުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ.

މި ބަލި އިތުރަށް ގޯސްވުމުން ހިރުގަނޑު ދަތާ ވަކިވެ، ދޫވެ، އޭގެ ތެރޭގައި ދޮސްގަންނަން ފަށަ އެވެ. މިއަށް ކިޔަނީ "ޕީރިއޯޑޮންޓައިޓިސް" އެވެ. 

Advertisement

މި ބަލިތަކަށް މަގުފަހިވާ މައިގަނޑު ކަންތައްތައް:

  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ދަތް އުނގުޅުމާއި ފްލޮސްކުރުން މަދުވުން
  • ހަކުރު ގިނަ ކާބޯތަކެތި ބޭނުންކުރުން
  • ހަކުރުބަލި ހުރުން
  • ކުޅު މަދުކޮށްދޭ ފަދަ ބޭސްތައް ބޭނުންކުރުން
  • އާއިލީ ގޮތުން މިފަދަ ބަލިތައް ހުރުން
  • އެޗްއައިވީ ފަދަ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ބަލިތައް ޖެހުން
  • އަންހެނުންނަށް އަންނަ ހޯމޯންގެ ބަދަލުތައް
  • މޭއެންދުން އަދި ގިނައިން ހޮޑުލެވުން

ބަލި ދެނެގަންނާނެ ގޮތް 

ގިނަ ފަހަރަށް ދަތުގެ ބަލިތައް ދެނެގަނެވެނީ ދަތުގެ ޑޮކްޓަރަށް ދައްކައިގެން ކުރާ ތަހުލީލުތަކުންނެވެ. ޑޮކްޓަރު ބަލާނެ ބައިތަކުގެ ތެރޭގައި:

  • ދަތްތަކާއި، ކޮލާއި، ދުލާއި، އަދި ކަރުގެ އެތެރެ
  • ދަތުގެ އެކްސް-ރޭ ނެގުން (މާބަނޑު މީހުން އެކްސް-ރޭ ނަގައިގެން ނުވާނެ އެވެ.)
  • ހިރުގަނޑުގެ ވަޅުތައް ބެލުމަށް "ޕްރޯބް" ކިޔާ ސާމާނެއް ބޭނުންކުރުން. (ދުޅަހެޔޮ އަނގައެއްގައި މީގެ ފުންމިން ހުންނާނީ 1 އާއި 3 މިލިމީޓަރާ ދެމެދުގައެވެ.)
  • އަނގައިގެ ތެރޭގައި އާދަޔާ ހިލާފު ގަޑެއް ނުވަތަ ފާރުކޮޅެއް ހުރިނަމަ، ކެންސަރަށް ޝައްކުކުރެވިގެން ބަޔޮޕްސީ ހެދުމާއި އެމްއާރްއައި ނުވަތަ ސީޓީ ސްކޭން ހެދުން.

ދަތާއި އަނގައިގެ ބަލިތަކުގެ ބާވަތްތައް

  1. ދަތް ފަނިކެޔުން
  2. ހިރުގަނޑު ދުޅަވެ، ދަތް އުނގުޅާއިރު ލޭއުން
  3. ދަތްތައް ދޫވުން
  4. ފިނި އެއްޗެހި ނުވަތަ ހޫނު އެއްޗެހި ބުއިމުން ދަތަށް ތަދުވުން.
  5. ދޫ، ތުންފަތް، ކޮލުގެ އެތެރެފަރާތް ނުވަތަ ހިރުގަނޑަށް ޖެހޭ ކެންސަރު. މީގެ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތްލުން

އަނގައިގެ ދުޅަހެޔޮކަމާއި އާންމު ސިއްހަތުގެ ގުޅުން

އަނގައިގެ ސިއްހަތު ސީދާ ހަށިގަނޑުގެ އެހެން ގުނަވަންތަކާ ގުޅެ އެވެ. އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާ ލޭގެ ތެރެއަށް ވާސިލުވުމުން ތިރީގައިވާ ބަލިތަކަށް މަގުފަހިވެ އެވެ؛

  • ހިތުގެ ބަލިތައް
  • އެންޑޯކާޑައިޓިސް - ހިތުގެ އެތެރޭގެ ފަށަލަ ދުޅަވުން
  • ދުވަސް ނުފުރާ ވިހެއުން އަދި ވިހާއިރު ކުއްޖާގެ ބަރުދަން ލުއިވުން

ފަރުވާ ކުރާނެ ގޮތްތައް

  • އަހަރަކު ދެ ފަހަރު ޑޮކްޓަރަށް ދައްކައިގެން ދަތްތައް ސާފުކުރުން
  • ދަތުގެ ބޭރު ފަށަލަ ވަރުގަދަކޮށް، އެސިޑުން ރައްކާތެރިކުރުމަށް ފްލޮރައިޑު ހުންނަ ބޭހުން ދަތް އުނގުޅުން
  • ހިރުގަނޑުގައި ނުވަތަ ދަތުގެ މޫގަނޑުގައި އިންފެކްޝަން އުފެދިއްޖެނަމަ ޑޮކްޓަރުގެ ލަފަޔާއެކު ބޭސް ބޭނުންކުރުން
  • ދަތުގެ ފަނިކައިފައިވާ ބައިތައް ނަގައި ބެއްދުމާއި، ބިނދިފައިވާ ދަތްތަކުގައި ކްރައުން އެޅުވުން
  • ދަތުގެ ފަންޏާއި އިންފެކްޝަން ދަތުގެ މަދާ ހަމައަށް ދިއުމުން، ފަރުވާ ކުރުން
  • ފައިދާހުރި ބެކްޓީރިއާ އެކުލެވޭ ކާނާ ބޭނުންކުރުމުން އަނގައިގެ ނުބައި ވަސް ކެނޑި، ހިރުގަނޑުގެ ދުޅަހެޔޮކަން އިތުރުވޭ

އަނގައާއި ދަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތެކެވެ. ދުވާލަކު ދެ ފަހަރު ދަތް އުނގުޅުމާއި، ފްލޮސް ކުރުމަކީ މިފަދަ ހުރިހާ ބަލިތަކަކުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

-- މައުލޫމާތު: ހެލްތުލައިން

* މި އާޓިކަލް ގެނެސްދީފައިވާ ފެމިލީ ޑެންޓަލްކެއާގެ ފަރާތުން

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox