އަލްޖީރިއާ އިން ފަހަތުން އަރައި ޖޯޑަން ބަލިކޮށްފި

Jun 23, 2026, 10:15 AM
އަލްޖީރިއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަލްޖީރިއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސަންޓަ ކްލާރާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު އަލްޖީރިއާ އިން ފަހަތުން އަރައި 2-1 އިން ޖޯޑަން ބަލިކޮށްފި އެވެ. 

ގްރޫޕް ޖޭގައި ކުުޅުނު ފުރަތަމަ މެޗުތަކުން ޖޯޑަން އާއި އަލްޖީރިއާ ވެސް ވަނީ ބަލިވެފަ އެވެ. އާޖެންޓީނާ އަތުން 3-0 އިން އަލްޖީރިއާ ބަލިވިއިރު، އޮސްޓްރިއާ އަތުން ޖޯޑަން ބަލިވީ 3-1 އިންނެވެ.

އެހެންކަމުން، މިއަދުގެ މެޗަށް ނުކުތްއިރު، އަލްޖީރިއާ އާއި ޖޯޑަން އަށް ވެސް އޮތީ މުބާރާތުގައި ކުރިއަށްދިއުމަށްޓަކައި މޮޅެއް ހޯދަން މަޖޫބޫރުވެފަ އެވެ. މި މެޗުން ބަލިވުމާ އެކު، މުޅިން އަލަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ޖޯޑަން ވަނީ ކަޓައިފަ އެވެ. އަދި، އަލްޖީރިއާ އަށް ވަނީ ގަދަ 32 ޓީމުގެ ބުރުން ފުރުސަތު ހޯދުމުގެ އުންމީދު އާ ވެފަ އެވެ. 

Advertisement

ގްރޫޕް ޖޭގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އޮތީ ދެ މެޗުން ހަަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮސްޓްރިއާ އަށް ދެ މެޗުން ތިން ޕޮއިންޓް އަދި ތިން ވަނައިގައި އޮތް އަލްޖީރިއާ އަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވެ އެވެ. ޖޯޑަން އަށް ދެ މެޗުން ވެސް ބަލިވުމުން ޕޮއިންޓެއް ލިބިފައިނުވެ އެވެ. 

ސެން ފްރަންސިސްކޯ ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގައި، އަލްޖީރިއާ ކައިރިން ޖޯޑަން ވަނީ ފުރަތަމަ ހާފުގައި ލީޑުކޮށްފަ އެވެ. އެ ގޮތުން، އަލްޖީރިއާގެ ނިޒާރު އަލް ރަޝްދާން ވަނީ 36 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. ޖޯޑަންގެ ތަރި، މޫސާ އަލް ތަމާރީ ދިން ބޯޅައަކުން ރަޝްދާން ޖެހި ލަނޑާ އެކު، ޖޯޑަން އިން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެ އެވެ.

ޖޯޑަން ކުޅުންތެރިން އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޖޯޑަން ކުޅުންތެރިން އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އެކަމަކު، އަލްޖީރިއާ އިން ވަނީ މެޗުގެ ދެ ވަަނަ ހާފުގައި ކުޅެން އަރައި، ފަހު ވިއްސަކަށް މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. 

އަލްޖީރިއާ އިން އެއްވަރުކުރީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. މިއީ، އަލްޖީރިއާގެ ތަރި، ރިޔާދު މާރޭޒް ނެގި ކޯނަރަކަށް އަރައި، ނަދީރު ބެންބުއާލީ ބޮލުން ޖެހި ގޯލެކެެވެ. މިއީ، ގައުމީ ޓީމަށް ކުުޅުނު ފަސް މެޗުން އޭނާ ކާމިޔާބުކުރި ދެ ވަނަ ގޯލެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް، 82 ވަނަ މިނިޓްގައި، އަލްޖީރިއާ މޮޅުކޮށްދިން ލަނޑު ޖެހީ އަމީން ގުއީރީ އެވެ. މިއީ، ވެސް ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި ޖެހި ގޯލެކެވެ. ގުއީރީ އޮފްސައިޑް ކަމަށް ބެލެވޭތީ، މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލައި ޔަގީންކޮށްފަ އެވެ. ގޯލު ބަލައިގަންނަން ނިންމި މައިގަނޑު ސަބަބަކީ ބޯޅަ ގުއީރީއާ ހަަމައަށް އައުމުގައި ޖޯޑަން ކުޅުންތެރިއަކު ގައިގައި ވެސް ޖެހިފައި ވުމުންނެވެ. 

ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ޖޯޑަން އިން ކުޅޭނީ އާޖެންޓީނާއާ އެވެ. އަދި، އޮސްޓްރިއާ އާއި އަލްޖީރިއާ އިން ގްރޫޕްގެ ދެ ވަނަ އަށް ވާދަކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox