ހާލަންޑުގެ ޖާދުލާ އެކު ނޯވޭ އިން ރެކޯޑް ދަމަހައްޓައި ދެ ވަނަ ބުރަށް

Jun 23, 2026, 6:59 AM
ސެނެގާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ނޯވޭގެ ހާލަންޑް އުފާފާޅުކުރަނީ.

ސެނެގާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ނޯވޭގެ ހާލަންޑް އުފާފާޅުކުރަނީ.

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - އާލިން ބްރައުޓް ހާލަންޑުގެ ލަނޑުތަކާ އެކު ސެނެގާލް އަތުން 3-2 އިން މޮޅުވެ، ނޯވޭ އިން މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ. 

މި މެޗަށް ނުކުތްއިރު، ނޯވޭ ވަނީ ފުރަތަމަ ކުޅުނު މެޗުން 4-1 އިން އިރާގު ބަލިކޮށްފަ އެވެ. އަނެއްކޮޅުން، ސެނެގާލް އިން ވަނީ 3-1 އިން ފްރާންސް އަތުން ބަލިވެފަ އެވެ. ފްރާންސް އިން ވަނީ ދެ ވަނަ މެޗުގައި އިރާގު އަތުން 3-0 އިން މޮޅުވެފަ އެވެ. 

މި ގްރޫޕްގައި ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ފްރާންސް އާއި ދެ ވަނައިގައި އޮތް ނޯވޭ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ސެނެގާލް އާއި އިރާގަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

Advertisement

ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން، ސެނެގާލުން ނަތީޖާއެއް ހޯދަން ނުކުމެ. މިރޭގެ މެޗުގައި ނޯވޭއާ ދެކޮޅަށް ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައިފައިވެ އެވެ. އެކަމަކު، ވަކި ހިސާބަކުން ސެނެގާލް އިން ވެސް މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ގޯލު ޖަހަން ރަނގަޅު ހަމަލާތަކެއް ފޮނުވާލުމުގެ މަސައްކަތް ފެށި އެވެ. ދެ ޓީމުގެ ފަރާތުން ޖުމްލަ އެކު، ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ނޯވޭ އިން ލީޑުނެގީ ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ.

ނޯވޭ އަށް މެޗުގައި ލީޑުނެގި ލަނޑު ޖެހީ، 43 ވަނަ މިނިޓްގައި މާކަސް ޕެޑަސަން އެެވެ. ސެނެގާލް ޑިފެންޑަރުންގެ ތެރެއިން އޭރިއާތެރެއަށް ވަދެ، ޕެޑަސަން ފޮނުވާލި ޝޮޓް ގޯލަށް ވަނީ ސެނެގާލްގެ ކީޕަރު، އެޑޮއާޑް މެންޑީ އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފު އެއް ގޯލުގެ ލީޑެއްގައި އޮވެގެން ނިންމާލުމަކީ މި މެޗު ކާމިޔާބުކުރަން ނޯވޭ އަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. 

އެ ގޮތުން، ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ނޯވޭ އިން ލީޑުފުޅާކުރި އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ނޯވޭގެ ކެޕްޓަން، މާޓިން އޮޑެގާޑް ދިން ބޯޅަ،  ހާލަންޑް ވަނީ ގޯލަށް ވައްދާލައިފަ އެވެ. މިއީ، 1998 ވަަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕަށް އައި، ނޯވޭގެ އެޓޭކް ލީޑުކުރާ ހާލަންޑް މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ތިން ވަނަ ލަނޑެވެ. 

ނޯވޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެނެގާލް ކުޅުންތެރިން އުފާފާޅުކުރަނީ.
ނޯވޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެނެގާލް ކުޅުންތެރިން އުފާފާޅުކުރަނީ.

ނޯވޭ އިން ލީޑުފުޅާކުރިތާ ހަތަރު މިނިޓް ފަހުން، ސެނެގާލުން ލަނޑެއް ޖެހި އެވެ. މިއީ، މެޗުގެ 52 ވަނަ މިިނިޓްގައި ސަޑިއޯ މާނޭ ދިން ބޯޅައަކުން އިސްމާއިލާ ސާ ޖެހި ގޯލެކެވެ. އެކަމަކު، މެޗުގެ ތެރެއަށް އެނބުރި އައުމަށް ފަހު، ސެނެގާލަށް އިތުރަށް ކުރިއަށް ނުގެންދެވިގެން އުޅެނިކޮށް ނޯވޭ އިން ތިން ވަަނަ ލަނޑު ޖެހި އެވެ. މިއީ، އޭރިއާތެރެއިން ޕެޓްރިކް ބާގް ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ. 

މެޗުގެ 86 ވަނަ މިނިޓްގައި، ހެޓްރިކެއް ފުރިހަމަ ކުރެވޭތޯ ހާލަންޑް ފޮނުވާލި ހަމަލާ ސެނެގާލް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އަދި، މެޗުގެ 89 ވަނަ މިނިޓްގައި ނޯވޭގެ އޮސްކާ ބޮބް ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ސެނެގާލް ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

ނޯވޭ އިން ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓްގެ ތެރެއިން، ދެ ވަނަ މިނިޓްގައި، ސާ، ސެނެގާލަށް ލަނޑު ޖަަހައިދީ ފަރަގު ކުޑަކުރުމެވެ. އެކަމަކު، ބާކީ އޮތް ވަގުތުގައި އިތުރު ލަނޑެއް ޖަހަން ކުރި މަަސައްކަތް ކާމިޔާބެއްނުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox