ދޮޅުގަޑިއިރަށް މެދުކަނޑާލަން ޖެހުނު މެޗުން މޮޅުވެ ފްރާންސް ދެ ވަނަ ބުރަށް

Jun 23, 2026, 5:48 AM
އިރާގު ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ: މި މެޗުގައި ޖެހި ގޯލުތަކާ އެކު، އޭނާ ވަނީ ވޯލްޑް ކަޕްތަކުގައި ޖުމްލަ އެކު، 16 ލަނޑު ޖަހައިފައި.

އިރާގު ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ: މި މެޗުގައި ޖެހި ގޯލުތަކާ އެކު، އޭނާ ވަނީ ވޯލްޑް ކަޕްތަކުގައި ޖުމްލަ އެކު، 16 ލަނޑު ޖަހައިފައި.

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ، ބޮޑު މެދުކެނޑުމެއް އައި މެޗުން އިރާގުގެ މައްޗަށް 3-0 އިން ކުރިހޯދައި ފްރާންސް އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. 

ފްރާންސުން މުބާރާތް ފެށީ ސެނެގާލް އަތުން 3-1 އިން މޮޅުވެގެންނެވެ. އަދި، ދެ ވަނަ މެޗުގައި އިރާގު ބަލިކޮށް ފްރާންސް އިން މި ވަނީ ބާކީ މެޗެއް އޮއްވައި، ގަަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ޔަގީންކޮށްފަ އެވެ. އެންމެ ފަހުން ދެ ވޯލްޑް ކަޕްގެ ވެސް ފައިނަލުގައި ކުޅުނު ފްރާންސަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ. 

ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށުމުގެ ކުރިން ވެސް ވަނީ ތޫފާނެއްގެ އަސަރު އުޅޭތީވެ، މޫސުމާ މެދު ސަމާލުވާން އެލާޓް ނެރެފަ އެވެ. މެޗު ފަށައިގެން މޫސުން ރަނގަޅުކޮށް އޮތްއިރު، ފްރާންސް އިން ވަނީ 14 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، މައިކަލް އޮލީސޭ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކީލިއަން އެމްބާޕޭ ޖެހި ގޯލެކެވެ. މި ލަނޑާ އެކު، އެމްބާޕޭ ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި ޖުމްލަ އެކު، 15 ލަނޑު ޖަހައިފަ އެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗުގެ ތެރެެއިން: ވިއްސާރައިގައި ޖެހުމުގެ ސަބަބުން މެޗުގެ ދެ ވަނަ ހާފު ކުޅެން ޖެހުނީ ބޮޑު މެދުކެނޑުމަކަށް ފަހު.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗުގެ ތެރެެއިން: ވިއްސާރައިގައި ޖެހުމުގެ ސަބަބުން މެޗުގެ ދެ ވަނަ ހާފު ކުޅެން ޖެހުނީ ބޮޑު މެދުކެނޑުމަކަށް ފަހު.

ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ވާރޭ ވެހެން ފެށިއިރު، ދެ ޓީމަށް ވެސް އޭގެ ސަބަބުން އެޓޭކުކުރުމުގައި ގޮންޖެހުންތަކެއް ދިމާވި އެވެ. އެ ގޮތުން، ފްރާންސް އިން ކުރި އެޓޭކެއްގައި އެމްބާޕޭ ރަނގަޅު ކޮންޓްރޯލެއް ކުރުމަށް ފަހު، އިރާގުގެ އޭރިއާތެރެއިން ބޯޅަ ފޮނުވާލެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވެ، ލީޑުފުޅާކުރަން ފުރުސަތު ގެއްލުނީ އެވެ. 

ފްރާންސް އިން ލީޑުގައި އޮވެގެން ފުރަތަމަ ހާފު ނިމުމުއިރު، ވިއްސާރައިގައި ޖެހި، މޫސުން ގޯސްވެގެން ދެ ވަަނަ ހާފު ފަށަން ޖެހުނީ ދޮޅުގަޑިއިރެއްހާއިރު ފަހުންނެވެ. ދެ ވަނަ ހާފުގެ ކުޅުން. ފަށައިގެން ނުވަ މިނިޓް ތެރޭ ފްރާންސް އިން ދެ ވަނަ ލަނޑު ޖެހި އެވެ. އެ ގޮތުން، އިރާގުގެ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާނަގައި، އޮސްމާން ޑެމްބެލޭ ދިން ބޯޅަ އެމްބާޕޭ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. 

މިއީ، އެމްބާޕޭ، ފްރާންސަށް ކުޅެދިން 100 ވަނަ މެޗެވެ. އޭނާ ވަނީ މި މެޗުތަކުގައި ޖުމްލަ އެކު، 60 ލަނޑު ޖަހައިފަ އެވެ. ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލ ޖަހައިދިނުމުގެ ރެކޯޑް މިހާރު އޮތީ އެމްބާޕޭ އަތުގަ އެވެ. 

ގާތްގާތުގައި ރަނގަޅު އެޓޭކްތަކެއް ކުރަމުންދިޔަ ފްރާންސް އިން ވަނީ 66 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޮލީސޭ ބަލާލުމަށް ފަހު، އޭރިއާތެރެއިން ޑެމްބެލޭ އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އޭގެ، 10 މިނިޓް ފަހުން، އިރާގުގެ ފޯވާޑް، އަލީ އަލްހަމަދީ ވެއްޓިގެންފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

އޭގެ ފަހުން، ހެޓްރިކް ފުރިހަމަކުރަން ޖާގައެއް ހޯދުމަށް ފަހު، އެމްބާޕޭ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި، މެޗުގެ ފަހުކޮޅުގައި އަމިއްލަ އަށް ބޯޅަ ހިފައިގެން ގޮސް ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox