ގަވާއިދާ އެއްގޮތަށް ނިޒާމީ ނުކުތާއެއް ދިނުމުން ޖަނާބު ރުޅިގަދަވެ، ރިޔާސަތު ކުށްވެރިކޮށްފި

Jun 17, 2026, 11:19 AM
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) ވާހަކައަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް ރިޔާސަތު ކުށްވެރިކުރުމުން އެއީ ޖާގަ އޮތް ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި އެންމެ ފުރަތަމަ ބަހުސް ކުރީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނަށެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލި ބިލެކެވެ.  ޓްރާންސްޕްލާންޓް ކުރާ ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް މަޖިލީހުން ބިލަށް ގެނައި އިސްލާހުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ. 

އެ ބިލު އަނބުރާ ފޮނުވާލުމުން ކުރި ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިފަދަ މުހިންމު ބިލެއް މަޖިލީހުން ފާސްކުރިއިރު ބަލަން ޖެހޭ މިންވަރަށް ބަލާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ޕީއެންސީގެ މެންބަރުން ބިލަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި ބެއްލެވީ ސިޔާސީ ގޮތުން އެމްޑީޕީގެ މެންބަރުންނަށް ރައްދު ދިނުމަށެވެ. 

ޖަނާބަށް ލިބުނު ފުރުސަތުގައި އޭނާ ދެއްކެވި ވާހަކައިގައި ވަނީ އެމްޑީޕީން އެފަދަ ބިލެއް ވެސް ހުށަނާޅާ ކަމަށް ވިދާޅުވެފަ އެވެ. ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލަކީ ޝަރުއީ ގޮތުން ބަލަން ޖެހޭ ކަންކަން ހުރި ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކި ހިސާބަކުން ޖަނާބު ވަރަށް ބޮޑަށް ރުޅި ދުރުވެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާ ދިމާލަށް އިނގިލި ދިއްކޮށް ވާހަކަ ދައްކަވަން ފެއްޓެވި އެވެ. އިޒްރޭލު ޑޮކްޓަރުން އައިސް ދިވެހި ރައްޔިތުންގެ ލޮލުގެ ކޯނިއާ ވަގަށް ނެގިއިރު އެމްޑީޕީ މެންބަރުން ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ. 

"ކޮބައިތޯ މެންބަރުން، އެކަހަލަ މުޑުދާރު އަމަލުަ ކުރިޔަނުދިނުމަަށްޓަކައި، އެ ފުރުސަތު ގެއްލުވާލާނަން އަޅުގަނޑުމެން. އެހެންވެގެން މި ދަންނަވަނީ،" ވަރަށް އަޑަށް ބާރުލައްވައި ފިއްޓޭއާ ދިމާލަށް އިނގިލި ދިއްކޮށް ޖަނާބު ޖަދަލު ކުރެއްވި އެވެ. 

އެ ވަގުތު ފިއްޓޭ ނިޒާމީ ނުކުތާއެއް ނެންގެވުމުން އެ ފުރުސަތު ދެއްވުމަށް އަބްދުއްރަހީމް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި އިށީނދެވަޑައިގަތުމަށް ޖަނާބުއަށް ދަންނަވާފަ އެވެ. އެ ވަގުތު ވެސް ޖަނާބު ގެންދެވީ ރިޔާސަތާ ދިމާލަށް އިނގިލި ދިއްކޮށް އަޑުގަދަ ކުރައްވަމުންނެވެ. 

"މަޖިލީހުގައި ކޮންމެ އިއްޒަތްތެރި މެންބަރަކު ވާހަކަފުޅު ދެއްކެވި ނަމަވެސް ރިޔާސަތުން މަޑުކޮށްލަން ދެންނެވީމާ މަޑުކޮށްލުމަކީ ގަވާއިދުގައި އޮންނަ ގޮތް. އަޅުގަނޑު ތަކުރާރުކޮށް މަނިކުފާނު އަރިހުގައި ދެންނެވިން އިހަށް މަޑުކޮށްލަދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ފިއްޓޭގެ ނިޒާމީ ނުކުތާއަށް އަބްދުއްރަހީމް ފުރުސަތު ދެއްވުމުން އޭނާ ވަނީ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވާއިރު ރިޔާސަތާ ކުރިމަތިލާން އޮންނަކަން ފާހަގަކުރައްވާފަ އެވެ. 

"އަޅުގަނޑު ގައުމުގައި ވެސް ވެރިކަން ކުރި މީހެއް ނޫން، އަޅުގަނޑާ ދިމާލަށް ބަލާތީ ބިރުން ފާހަގަކޮށްލީ މި،" ޖަނާބުގެ އަމަލުތަކަށް ނިސްބަތްކޮށް ފިއްޓޭ ނިޒާމީ ނުކުތާގައި ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި އެއް މެންބަރު އަނެއް މެންބަރަށް އިޝާރާތް ކުރައްވައި، ހަމަލަ ދެއްވައި، ރައްދު ދެއްވައި ވާހަކަ ދެއްކުމަކީ މަޖިލިސް ގަވާއިދު ހުއްދަ ދޭ ކަމެއް ނޫން،" އެ ނިޒާމީ ނުކުތާ ބަލައިގަންނަމުން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ. 

ނިޒާމީ ނުކުތާ ބަލައިގަތުމަށް ފަހު ރިޔާސަތުން ބަހުސް ކުރުމުގެ ފުރުސަތު ދިނީ ފިއްޓޭއަށެވެ. ފިއްޓޭގެ ވާހަކައަށް ފަހު ޖަނާބު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ.

"އަޅުގަނޑު ޝަރުއީ ގޮތުން ވަރަށް މުހިންމު ވާހަކަތަކެއް، ބިލާ ގުޅޭގޮތުން، ރައްޔިތުންނާއި މެންބަރުންނަށް ކިޔައިދެއްވަން އުޅުއްވަނިކޮށް އަޅުގަނޑު ހުއްޓުވީތީ އެކަން ކުށްވެރިކުރާ ވާހަކަ ދަންނަވަން،" ޖަނާބު ވިދާޅުވި އެވެ.

އެ ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވަނީ މެންބަރަކު ވާހަކަ ދައްކަވަނިކޮށް އިތުރު މެންބަރަކު ނިޒާމީ ނުކުތާއެއް ނަގައިފި ހާލަތެއްގައި އެ މެންބަރެއްގެ ވާހަކަ މެދުކަނޑާލުމަށް ފަހު ނިޒާމީ ނުކުތާއަށް ފުރުސަތު ދިނުމަށް ގަވާއިދު ތަންދޭ ކަމަށް ވިދާޅުވެފަ އެވެ.

"ރިޔާސަތަށް އެގޮތަށް ފެނިގެން އެކަން ކުރީ. އެއީ އެއްގޮތަކަށް ވެސް މަޖިލީހުގެ މެންބަރުންނަށް ކުށްވެރިކުރަން ޖާގަ ގަވާއިދުން ދޭ ކަމެއް ނޫން ކަމުގައި ދަންނަވަން،" އަބްދުއްރަހީމް ރައްދު ދެއްވި އެވެ.

އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ޕީއެންސީން ވަނީ ހުށަހަޅާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox