ބޮޑެތި ގާނޫނީ ބާރުތަކެއް ޑިޖިޓަލް ސާވިސްއަށް ދެނީ
ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ފަރުމާކޮށްފައި އޮތްގޮތުން އެ މުއައްސަސާއަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ މާ ބޮޑު ދައުރެއް ނެތް. މި ބިލާއެކު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެ ބާރުގަދަ މުއައްސަސާއަށް.