ގައުމުން ބޭރަށް މި އަހަރު ކުރައްވާ ފުރަތަމަ ދަތުރުގައި ޝީ އުތުރު ކޮރެއާއަށް ވަޑައިގެންފި

Jun 8, 2026, 11:03 AM
ޗައިނާގެ ބެއިޖިންގައި 2025 ސެޕްޓެމްބަރު 4 ވަނަ ދުވަހު ބޭއްވި ދެ ގައުމުގެ އިސްވެރިންގެ ސަމިޓުގެ ތެރެއިން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ސަލާމްކުރައްވަނީ. ފޮޓޯ: ރޮއިޓާސް

ޗައިނާގެ ބެއިޖިންގައި 2025 ސެޕްޓެމްބަރު 4 ވަނަ ދުވަހު ބޭއްވި ދެ ގައުމުގެ އިސްވެރިންގެ ސަމިޓުގެ ތެރެއިން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ސަލާމްކުރައްވަނީ. ފޮޓޯ: ރޮއިޓާސް

ބެއިޖިންގައި ބޭއްވި ސިލްސިލާ ސަމިޓްތަކަށް ފަހު 2026 ވަނަ އަހަރު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު އުތުރު ކޮރެއާއަށް ވަޑައިގެންފި އެވެ. 

އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ، ޗައިނާއަކީ އުތުރު ކޮރެއާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އެވެ. އަދި ބައިނަލްއަގުވާމީ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކުރިމަތިވެފައިވާ އުތުރު ކޮރެއާއަށް ހާރިޖީ ގޮތުންނާއި އިގުތިސާދީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކީ ވެސް ޗައިނާ އެވެ.

ޝިންހުއާ ނިއުސް އެޖެންސީން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، 2019 ވަނަ އަހަރަށް ފަހު ޝީ އުތުރު ކޮރެއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެއާ ޗައިނާގެ މަތިންދާބޯޓުން ފައިބައިވަޑައިގަތުމުން، ރަތް ދޫލައިގެ މަތީގައި ސަފުތަކަކަށް އެތުރިގެން ތިބި އަސްކަރީ އޮފިސަރުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

އެއާޕޯޓުގައި ޗައިނާ އާއި އުތުރު ކޮރެއާގެ ދިދަތަކުގެ ތިރީގައި ހަރުކޮށްފައިވާ ބެނާއެއްގައި "ކޮމްރޭޑް ޝީ ޖިންޕިންއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން" މިހެން ލިޔެފައިވާ އިރު، ދެ ގައުމުގެ ދެމެދުގައި އޮތް "ގުޑުވާނުލެވޭ ފަދަ އެކުވެރިކަން" ފާހަގަކޮށްފައިވެ އެވެ.

ޝީ މި ދަތުރުފުޅު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިންއާ ވަކިވަކިން ބެއިޖިންގައި ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އަދި މި ދަތުރުފުޅު މި ކުރެއްވީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ މޭ މަހު ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި، ބެއިޖިންގައި ބޭއްވި ސަމިޓްގައި ޝީ އާއި ޓްރަމްޕް ވަނީ "އުތުރު ކޮރެއާ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ" އެއް އަމާޒެއް ދެ ގައުމުން ވެސް ގެންގުޅޭކަމަށް ބުނެފަ އެވެ. 

ނަމަވެސް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ނުފޫޒުގަދަ ކޮއްކޯފުޅު، ޝީ ވަޑައިގަތުމުގެ އެއް ދުވަސް ކުރިން ވިދާޅުވީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމަކީ އެއްވެސް ހާލެއްގައި ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox