ވޯލްޑް ކަޕްގައި ނިއު ޒީލެންޑް ކައިރިން އިރާނުން ދުލެއް ނުދިން

Jun 16, 2026, 8:37 AM
ނިއު ޒީލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އިރާން ކުޅުންތެރިން އުފާފާޅުކުރަނީ.

ނިއު ޒީލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އިރާން ކުޅުންތެރިން އުފާފާޅުކުރަނީ.

ލޮސް އެންޖެލްްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - ފީފާ ވޯލްޑް ކަޕްގައި މި ފަހަރު އެންމެ އުނދަގުލުން ވާދަކުރަމުން އަންނަ އިރާނުން ކުުޅުނު ފުރަތަމަ މެޗުގައި ދެ ފަަހަރު ވެސް ފަހަތުން އަރައި ނިއު ޒީލެންޑާ 2-2 އިން އެއްވަރުކޮށްފި އެވެ. 

ނިއު ޒީލެންޑުން 16 އަހަރަށް ފަހު، ފީފާ ވޯލްޑް ކަޕަށް އެނބުރި އައި ފަހަރު، އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ދެ ފަހަރެއްގެ މަތިން ވަނީ ލީޑުނަގައިފަ އެވެ. އެކަމަކު، ރަނގަޅު ރޫހެއްގައި އޮވެ، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެން އައިސް ތިބި އިރާން ޓީމުން ފަސޭހައިން ދުލެއް ނުދީ، މެޗުގައި ނަތީޖާ ނެރެން ކުރި މަަސައްކަތުަގެ ތެރެއިން މި ވަނީ ޕޮއިންޓެއް ހޯދައިފަ އެެވެ. 

މެޗުގައި ނިއު ޒީލެންޑުން ފުރަތަަމަ ފަހަރަށް ލީޑުނެގީ ކްރިސް ވުޑް ދިން ބޯޅަ އަކުން ހަތް ވަނަ މިިނިޓްގައި އެލައިޖާ ޖަސްޓް ޖެހި ގޯލުންނެވެ. މިއީ، ލިބުނު ފުރުސަތުގައި ވޮލީ އަކުން ޖަސްޓް ޖެހި ގޯލެކެވެ. 

އަށާވީސް ވަރަކަށް މިނިޓް ވަންދެން ނިއު ޒީލެންޑުން ލީޑުގައި އޮތްއިރު، އިރާނުން ވަނީ 32 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. އިރާނުގެ ލަނޑު ޖެހީ ރާމީން ރެޒައީން އެވެ. އިރާނުގެ ތަރި، މަހުދީ ތަރޭމީ އެ ޓީމަށް ލީޑުނަަގައިދޭން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. 

ނިއު ޒީލެންޑުން ދެ ވަނަ ފަހަރަށް ލީޑުނެގީ ވެސް ފުރަތަމަ ގޯލުގައި ފެނުނު ކޮމްބިނޭޝަން ގުޅިގެން ޖެހި ގޯލެކެވެ. ދެ ވަނަ ހާފު ފެށިގެން ނުވަ މިނިޓް ތެރޭ ޖަސްޓް ވަނީ ވުޑްސް ދިން ބޯޅައެއް ގޯލަށް ވައްދާލައިފަ އެވެ. އިރާނަށް އެއްވަރުކޮށްދިނީ، ނިއު ޒީލެންޑު އަލުން ލީޑުނެގިތާ 10 މިނިޓް ފަހުން، މުހައްމަދު މުޒެއްބީ ޖެހި ގޯލުންނެވެ. ރެޒައީން ދިން ބޯޅައަކުން މުޒެއްބީ ބޮލުން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ގްރޫޕްގައި ރޭ ކުޅުނު ފުރަތަމަ މެޗުން، ބެލްޖިއަމް އާއި މިސްރު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މި ގްރޫޕުން ނޮކައުޓް ބުރަށް ދާނެ ޓީމުތަކެއް ކަނޑައެޅުމުގައި ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެ އެވެ. 

މީގެ 16 އަހަރު ކުރިން، ނިއު ޒީލެންޑުން 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި، ކުޅުނު ތިން މެޗުން ވެސް ވީ އެއްވަރެވެ. އެ ޓީމު މުބާާރާތުން ކެޓީ މެޗަކުން ބަލިނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox