ސްޕެއިނަށް މޮޅެއް ނުލިބުނަސް ކޯޗު ޑެ ލަ ފުއެންޓޭ ހަަމަޖެހިލައިގެން

Jun 16, 2026, 8:51 AM
ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ.

ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ.

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރި ކޭޕް ވާޑް އަތުން މުބާާރާތުގެ ފޭވަރިޓެއް ކަމަށް ބެލެވޭ ސްޕެއިނަށް މޮޅެއް ނުލިބުނު ކަމުގައި ވިޔަސް އަދި ހާސްވާންޖެހޭ ކަމެއް ނެތް ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ. 

ސްޕެއިނާއި ކޭޕް ވާޑް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. 

ރޭގެ މެޗުގައި ސްޕެއިނަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކުނުއިރު، ކޭޕް ވާޑްގެ ގޯލު ބެލެހެއްޓި އުމުރުން 40 އަަހަރުގެ ކީޕަރު، ވޮޒީނިއާ ވަނީ ސްޕެއިނުގެ ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ.  މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެ ލަ ފުއެންޓޭ ބުނީ، ދުނިޔޭގެ ރޭންކިން 67 ވަނައިގައި އޮތް ކޭޕް ވާޑް ކައިރީގައި ސްޕެއިނަށް ގޯސް ހެދުނީ އަމިއްލަ އަށް ކަމަށެެވެ. 

ދަށްކޮށް ފެށި ސްޕެއިން އަތުން އަލަށް އައި ކޭޕް ވާޑަށް ޕޮއިންޓެއް

މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި، އަލަށް މުބާރާތުގައި ވާދަކުރާ ކޭޕް ވާޑްއާ ވާދަކޮށް 0-0 އިން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، މިއީ، ސްޕެއިންގެ ފަރާތުން ޖުމްލަކޮށް ބަލާއިރު، އެޓޭކުގައި ދަށްކޮށް ފެނުނު މެޗެއް.

"ހަަމަޖެހިލައިގެން ކުޅެން ބޭނުންވާކަން ދަނެގެން ކުރަން ޖެހޭ ކަންކަން އަހަރެމެންނަށް މެޗުގައި ނުކުރެވުނީ. ދެން، ވިސްނަން ޖެހޭ ކަންކަން އެބަހުރި، އަހަރެން ގަބޫލުކުރާގޮތުަގައި، ސްޕެއިން މި މުބާރާތުގައި ވަރަށް ކުރިއަށްދާނެ. އެހެންވީމަ، ވަރަށް ހަމަޖެހިލައިގެން މި ހުރީ އަހަރެން،" ކުރިން ސްޕެއިންގެ ޒުވާން ޓީމުތަކަށް ކޯޗުކޮށްދިން ޑެ ލަ ފުއެންޓޭ ބުންޏެވެ. 

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން 2010 ވަނަ އަހަރު ހޯދުމަށްފަހު، އޭގެ ފަހުން އައި ވޯލްޑް ކަޕް މުބާރާތްތަކުގައި ސްޕެއިނަށް އެކަށީގެންވާ ހިސާބަކަށް ދެވިފައިނުވެ އެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް މީގެ ދެ އަހަރު ކުރިން، ސްޕެއިނުން ކާމިޔާބު ކުރުމާ އެކު، މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓަކަށް ސްޕެއިންގެ ނަން ގިނަ ބަޔަކު ގުނަ އެވެ. 

"އަހަރެމެންގެ ފިލޯސަފީ ބަދަލުކުރަން ޖެހޭ ކަމަށް ނުދެކެން. އެބަތިބި ޓީމަށް އަންނަން ޖެހޭ މުހިންމު ކުޅުންތެރިން. އެއީ، މި މުބާރާތުގައި ސްޕެއިން ކުރިއަށްދިއުމުގައި މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިން، ޓީމަށް އެ ބަދަލުތައް އައިސްގެން ދެން ތަފާތުވާނެ،" ޑެ ލަ ފުއެންޓޭ ބުންޏެވެ. 

ޑެ ލަ ފުއެންޓޭ ބުނީ، ގްރޫޕް ސްޓޭޖުގައި ދެން ސްޕެއިނުން ކުޅެން ޖެހޭ ދެ މެޗުގައި ސައުދީ އަރަބިއްޔާ އާއި އުރުގުއޭއާ ދެކޮޅަށް ނުކުންނާނީ ތަފާތު ވިސްނުންތަކާ އެކު މެޗުތައް ކާމިޔާބު ކުރުމަށް ކަމަށެވެ.  ދެން، ސްޕެއިނުން ކުޅޭ މެޗުގައި އާދިއްތަ ދުވަހު ބައްދަލުކުރާނީ ސައުދީ އަަރަބިއްޔާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox