ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނު ސޯމާލިއާ ރެފްރީ އަށް ވެސް ފީފާ އިން 100،000 ޑޮލަރު ދޭނެ

Jun 14, 2026, 6:27 PM
އެމެރިކާ އަށް އެތެރެވާން ހުއްދަ ނުދިނުމުން، ރެފްރީ އަރްޓާން އެނބުރި ސޯމާލިއާ އަށް ދިއުމުން އޭނާ އަށް ސަޕޯޓް އަދާކުރުމުގެ ގޮތުން ބޭއްވި އެއްވުމުގެ ތެރެއިން.

އެމެރިކާ އަށް އެތެރެވާން ހުއްދަ ނުދިނުމުން، ރެފްރީ އަރްޓާން އެނބުރި ސޯމާލިއާ އަށް ދިއުމުން އޭނާ އަށް ސަޕޯޓް އަދާކުރުމުގެ ގޮތުން ބޭއްވި އެއްވުމުގެ ތެރެއިން.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމުގެ ފުރުސަތު ގެއްލުނު، ސޯމާލިއާގެ ރެފްރީ، އޮމާރް އަރްޓާން އަށް ވޯލްޑް ކަޕްގައި އެންމެ ތަޖުރިބާކާރު ރެފްރީންނަށް ކަނޑައަޅާފައިވާ ފީ ކަމަށްވާ 100،000 ޑޮލަރު ދޭން ފީފާ އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ރެފްރީގެ މަގާމު ހޯދި އުމުރުން 34 އަރްޓާން އަކީ، ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ލިބުނު ސޯމާލިއާގެ ފުރަތަމަ ފަރާތެވެ. އެ ތާރީހީ ޝަރަފް ހޯދުމުގެ އަޒުމުގައި ހުރި އަރްޓާން، ވޯލްޑް ކަޕަށް އެމެރިކާ އަށް ދިއުމަށް ދަތުރުފެށިއިރު، އޭނާ އަށް އެމެރިކާ އަށް އެތެރެވުމުގެ ފުުރުސަތު ނުދޭން މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑަރު އޮފިޝަލުން ނިންމީ އެވެ.

އަރްޓާން އަށް ފުރުސަތު ނުދިނީ ކީއްވެތޯ، އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ސޯމާލިއާ އަކީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މިދިޔަ އަހަރު އެ ގައުމަށް އެތެރެވުން މަނާކުރަން އިއުލާނުކުރި ޓްރެވަލް ބޭންގައި އޮތް ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.  އެމެރިކާގެ ބޯޑާ ކޮންޓްރޯލް އިން ވަނީ އަރްޓާންއާ 11 ގަޑިއިރު ވަންދެން ސުވާލުކޮށްފަ އެެވެ. އެމެރިކާ އަށް މި ކުރާ ދަތުރުގެ ބޭނުމަކީ ކޮބައިތޯ ތަކުރާރުކޮށް އަހާފައިވާ ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމުން އެ ވެސް ބަލައިނުގަތް ކަމަށް އަރްޓާން ވަނީ ބުނެފަ އެވެ. އަދި، ފީފާ އިން ދީފައި އޮތް ލިޔުމާއި ރެފްރީކަން ކޮށްފައިވާ މެޗުތަކުގެ ފޮޓޯތައް ދެއްކުމުން ވެސް އެ އަށް ވެސް ބެލުމެއް ނެތި، ޑިޓެންޝަނުގައި ބާއްވާފައި، ފްލައިޓަކަށް ލުމަށް ފަހު، ތުރުކީ އަށް ފޮނުވާލީ ކަމަށް އަރްޓާން ވަނީ ބުނެފަ އެވެ.

Advertisement

އޭނާ ބުނީ، ތަަކުރާރުކޮށް އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ސުވާލުކޮށްފައިވަނީ، ސޯމާލިއާގެ ސަރުކާރާ ގުޅޭގޮތުންނާއި، އެ ގައުމަށް ނިސްބަތްވާ އަލް ޝަބާބް މިލިޓަންޓް ގްރޫޕްގެ ކަންކަމާ ބެހޭގޮތުން ކަމަށެވެ. އަދި، އޭނާ އަށް އެނގޭ މައުލޫމާތު ނޫން ކަމަށް ބުނުމުން ގަބޫލުކުރަން ދެކޮޅު ހެދި ކަމަށް ވެސް އަރްޓާން ވަނީ ބުނެފަ އެވެ.

އަރްޓާން އަށް އެމެރިކާ އަށް އެެތެރެވުމުގައި ފަސޭހަ ކުރުމުގެ ގޮތުން، ނައިރޯބީގައި ހުންނަ ސޯމާލިއާގެ އެމްބަސީން ވަނީ އޭނާ އަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ވެސް ދީފަ އެެވެ. އަދި، އެމެރިކާ އަށް އެތެރެވުމަށްޓަކައި، ވިސާ ހޯދަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އަރްޓާން އަތުގައި ހަމަވާނެ ކަމަށް ވެސް އެމްބަސީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ފުރުސަތެއް ނެތްކަން އެނގުމުން އަރްޓާން ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.

އެމެރިކާގެ ރަސްމީ އިދާރާތަކާ ވާހަކަ ދެއްކުމަށް ފަހު، ފީފާ އިން މިހާރު ބުނެފައިވަނީ، އަރްޓާން އަށް ވޯލްޑް ކަޕުން ފުރުސަތެއް ނެތް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން، މިހާރު ފީފާ އިން ނިންމާފައިވަނީ، ހާއްސަ ސަބަަބަކާ ހުރެ އަރްޓާން އަށް ވޯލްޑް ކަޕް ފުރުސަތު ގެއްލުމުން، އޭނާ އަށް ރެފްރީ އެލަވަންސަށް ވާ 100،000 ޑޮލަރު ދޭ ގޮތަށެވެ. 

ދާދި ފަހުން، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ ކުރިއަށް އޮތް ޔޫރަޕްގެ ކްލަބް މުބާރާތްތައް ފަށަން ކުޅޭ ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ޕީއެސްޖީ އާއި އެސްޓަން ވިލާ ކުޅޭ މެޗުގެ ރެފްރީ އަކަށް އަރްޓާން ހަމަޖައްސައިފަ އެވެ. 

އަރްޓާން އަންނަނީ، 2018 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުަގައި އިންސާފުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox