އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ހިނގައިފި ކަމަށް މީކާއީލް ވިދާޅުވެއްޖެ

ޗެއާޕާސަން އިންތިހާބުގައި މީކާއީލް ވޯޓު ލެއްވުން: އިންތިހާބުގެ ނަތީޖާއަށް އަސަރުކުރުވާފަދަ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އިމްތިޔާޒް / އަދަދު

ޗެއާޕާސަން އިންތިހާބުގައި މީކާއީލް ވޯޓު ލެއްވުން: އިންތިހާބުގެ ނަތީޖާއަށް އަސަރުކުރުވާފަދަ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އިމްތިޔާޒް / އަދަދު

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންކަން ހިނގައިފި ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

މީކާއީލް ނެރުއްވި ނޫސް ބަޔާނެއްގައި މީކާއީލް ކަންބޮޑުވުން ފާޅުކުރީ ފ. ފީއަލީގައި ނުބައި ލިސްޓަކަށް ވޯޓުލާ ކަމަށް ބުނި މައްސަލަ އާއި ގދ. ފިޔޯރީގެ ވޯޓު ފޮށި ފަޅާލުމުން ވެސް ހަމަ އެ ފޮށީގައި ވޯޓުލުން ކުރިއަށްގެންދާ މައްސަލައިގަ އެވެ. 

"މި އެންމެހާ ކަންކަމަކީ މި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ އަދި އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ހުރަހަކަށް ވެދާނެ ކަންކަމަށްވާތީ އިންތިހާބުގެ ކަންކަން ވީހާވެސް އޮމާންކޮށް ހާމަކަން ބޮޑުކޮށް ކުރިޔަށް ގެންދިއުމަށް ޕާޓީގެ އިންތިހާބާބެހޭ ކޮމިޓީއަށާއި ޕާޓީގެ އެންމެހާ ފަރާތްތަކަށް ގޮވާލުމާއެކު އިންތިހާބާބެހޭ ކަންބޮޑުވުމެއްގެ ގޮތުގައި މިކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ. 

ވޯޓުލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި ގޮތުގައި މިވަގުތު ތަފާސްހިސާބުތައް ދައްކާ ގޮތުން އަދިވެސް ކުރީގައި އުޅެނީ އޭނާ އެވެ. އަދި ވީހާވެސް ގިނަ އެމްޑީޕީ މެންބަރުން ވޯޓުގައި ބައިވެރިވުމަށް މީކާއިލް އެދިވަޑައިގަތެވެ. 

އިންތިހާބުގައި މީކާއީލް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދު ވިދާޅުވީ އިންތިހާބުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ރަނގަޅަށް ކަމަށެވެ. މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ. 

ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 8:30 ވަންދެކަށެވެ. އެއީ ވޯޓުލާ ވަގުތަށް އިއްޔެ އިތުރު ކުރި 30 މިނެޓު ހިމަނައިގެންނެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަންޖެހެ އެވެ. 

މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް  ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. 

އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox