އިންޑިއާގެ ސްޓޭޓް އިންތިހާބު: މޯދީގެ ބާރުގަދަވެ އިދިކޮޅު އިއްތިހާދު ބަލިކަށިވެއްޖެ

May 4, 2026, 3:38 PM
އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދުކުރާ ފަރާތްތަކުން އުފާފާޅުކުރަނީ. -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދުކުރާ ފަރާތްތަކުން އުފާފާޅުކުރަނީ. -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތިންވަނަ ދައުރުގެ މެދުތެރެއާ ހަމައަށް އައިއިރު، އެ ގައުމުގެ މުހިންމު ހަތަރު ސްޓޭޓެއްގައި ބޭއްވި އިންތިހާބުގައި ދެ ސްޓޭޓެއްގެ އަގުލަބިއްޔަތު މޯދީގެ ޕާޓީން ކާމިޔާބުކުރާނެކަން ކަށަވަރުވެއްޖެ އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން ލިބޭ ތަފާސްހިސާބުތަކަށް ބަލާއިރު، އިރުމަތީގެ ސްޓޭޓެއް ކަމަށްވާ އައްސާމްގެ ވެރިކަން ޖެހިޖެހިގެން ތިންވަނަ ދައުރަކަށް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ވެސްޓް ބެންގޯލްގައި ވެސް ބީޖޭޕީން ދަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. ބަންގްލަދޭޝްއާ ބޯޑަރު ހިއްސާކުރާ މި ދެ ސްޓޭޓްގެ އިންތިހާބުގައި އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ވަންނަ މީހުންގެ މައްސަލަ އެވެ.

ވެސްޓް ބެންގޯލްއަކީ މީގެ ކުރިން ދުވަހަކު ވެސް ބީޖޭޕީން ވެރިކަން ކުރި ސްޓޭޓެއް ނޫނެވެ. އަދި 2021 ވަނަ އަހަރާ ހަމައަށް އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގައި ބީޖޭޕީ ތަމްސީލުކުރަމުން ދިޔައީ އެންމެ ތިން މެންބަރުންނެވެ.

Advertisement

މި އިންތިހާބާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އެމަނިކުފާނުގެ ގާތް ބޭފުޅެއް ކަމަށްވާ ހޯމް މިނިސްޓަރު އަމިތު ޝާހްގެ އިތުރުން ބީޖޭޕީގެ އިސް ލީޑަރުން ވަނީ ހަފުތާތަކެއް ވަންދެން ވެސްޓް ބެންގޯލްގައި ވަރުގަދަ ކެމްޕޭނެއް ކުރައްވާފަ އެވެ. މި ކެމްޕޭނުގައި އެ ބޭފުޅުން އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ބަންގްލަދޭޝުން ގަވާއިދާ ހިލާފަށް މީހުން އެތެރެވާ މައްސަލައަށާއި، މިހާރުގެ ޗީފް މިނިސްޓަރު މަމަތާ ބެނަޖީގެ ސަރުކާރުގެ ދަށުން އެ ސްޓޭޓްގެ އިގްތިސާދު ބަލިކަށިވެފައިވާ މައްސަލައަށެވެ.

މަމަތާ ބެނަޖީއަކީ ބޮޑުވަޒީރު މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، އިންޑިއާގެ އިދިކޮޅު އިއްތިހާދުގެ މުހިންމު ލީޑަރެކެވެ. އެކަމަނާ ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެން ވެސްޓް ބެންގޯލްގެ ވެރިކަން ކުރައްވަމުންނެވެ.

މި ފަހަރުގެ ސްޓޭޓް އިންތިހާބުތަކުން އިދިކޮޅު ފަރާތްތަކަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، 2029 ވަނަ އަހަރު ރެކޯޑް ހަތަރުވަނަ ދައުރަކަށް މޯދީ ކުރިމަތިލައްވާއިރު، އިދިކޮޅު އިއްތިހާދު ވަރަށް ބޮޑަށް ބަލިކަށިވެފައި އޮންނާނެ ކަމަށް ބެލެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox