ޓޮންސިލް ސްޓޯން: އަލާމާތާއި ސަބަބު އަދި ފަރުވާ

Apr 29, 2026, 1:57 PM
ޓޮންސިލް ސްޓޯންސް

ޓޮންސިލް ސްޓޯންސް

ޓޮންސިލް ސްޓޯން އަކީ ޓޮންސިލްގެ ވަޅުގަނޑުތަކުގެ ތެރޭގައި އުފެދޭ ހަރު، ކުދި ކުދި ހިލަކޮޅުތަކެކެވެ. މިއީ އެތައް މިލިއަން ބަޔަކަށް ދިމާވާ، ނަމަވެސް ގިނަ ބަޔަކު ވާހަކަ ނުދައްކާ ސިއްހީ މައްސަލައެކެވެ.

ޓޮންސިލަކީ ކަރުތެރޭގެ ފަހަތުގައިވާ ދިފާއީ ނިޒާމުގެ ބައެކެވެ. ޓޮންސިލް ސްޓޯންސް އުފެދެނީ ޓޮންސިލްގައި ހުންނަ ކުދި ރޫތަކުގެ ތެރޭގައި ކާނާގެ ކުނޑި، ބެކްޓީރިއާ، އަދި މަރުވެފައިވާ ސެލްތައް ތާށިވެ، ދުވަސްވާވަރަކަށް އެ އެއްޗެހި ގާވެ އެވެ.  މިއީ އާންމުކޮށް ހުދު ނުވަތަ ރީނދޫ ކުލައެއްގައި ހުންނަ، އޮށެއްވަރުގެ ކުދި ހިލަކޮޅުތަކެކެވެ.

ބަލީގެ އަލާމާތްތައް

ގިނަ ފަހަރަށް މި ކުދި ހިލަކޮޅުތަކުން އުނދަގުލެއް ނުވެއެވެ. ނަމަވެސް ބޮޑެތިވާނަމަ ފެނިދާނެ އަލާމާތްތަކަކީ:

Advertisement
  • ނުބައި ރަހައެއްލުން: އަނގަ ތެރޭގައި މެޓަލިކް ނުވަތަ ނުބައި ރަހައެއް ހުރުން.
  • ކަރުގައި އެއްޗެއް އިންނަހެން ހީވުން: ކަރުތެރޭގައި ބީރައްޓެހި އެއްޗެއް ތާށިވެފައި ހުންނަ ކަމުގެ އިހުސާސްވުން.
  • ދިރުވަން އުނދަގޫވުން: ކާއިރު ނުވަތަ ބޯއިރު ކަރުގައި ރިއްސުން.
  • ކަންފަތުގައި ރިއްސުން: ޓޮންސިލާއި ކަންފަތުގެ ނާރުތައް ގުޅިފައި ހުރުމުގެ ސަބަބުން ކަންފަތަށް ތަދުވުން.
  • ފެންނަން ހުންނަ ހުދު ގަނޑު: ޓޮންސިލްގެ ރޫތަކުގެ ތެރޭގައި ހުދުކުލައިގެ އެތިކޮޅުތައް ފެންނަން ހުރުން
  • ދާއިމީ ގޮތެއްގައި އަނގަ ނުބައިވަސް ދުވުން: ބެކްޓީރިއާ އާއި ކުނި އެކުވެގެން އުފެދޭ "ކުނި ބިސް" ފަދަ ވަހެއް ދުވުން.

މިކަން މެދުވެރިވާ ސަބަބުތައް

  • އަނގަޔާއި ދަތްތަކުގެ ސާފުތާހިރުކަން ކުޑަވުން.
  • ގިނަގިނައިން ޓޮންސިލް ދުޅަވުން
  • ހަށިގަނޑުން ފެންމަދުވުން
  • ގުދުރަތީ ގޮތުން ޓޮންސިލްގެ ވަޅުގަނޑުތައް ފުންކޮށް ހުރުން.

ގޭގައި ކުރެވިދާނެ ފަރުވާ

ގިނަ ފަހަރަށް ޓޮންސިލް ސްޓޯންސް އަމިއްލައަށް ބޭރުވެއެވެ. ނަމަވެސް މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ. އެފަދަ ބައެއް ކަންކަމަކީ 

  1. ލޮނު ފެނުން ކަރުދޮވުން: ތާފަނާ ފެން ތަށްޓަކަށް ސައިސަމުސަލެއްގެ ލޮނު އަޅައިގެން ކަރު ދޮވުމުން ހިލަތައް ދޫވެ ބޭރުވާން އެހީތެރިވެދެއެވެ.
  2. އަނގަ ސާފުކުރުން: ދުވާލަކު 2 ފަހަރު ދަތް އުނގުޅައި، ފްލޮސްކޮށް، އަދި ދުލުގެ ފަހަތް ސާފުކުރުން މުހިންމެވެ.
  3. ގިނައިން ފެންބުއިން: އަނގަ ހިކުނަނުދީ ބެހެއްޓުމަކީ ބެކްޓީރިއާ އުފެދުން މަދުކޮށްދޭނެ ކަމެކެވެ.
  4. ކެއްސުން: ބާރަށް ކެއްސާލުމުން ވެސް ބައެއް ފަހަރު ހިލަތައް ބޭރުވެއެވެ.

ޑޮކްޓަރަށް ދައްކަންޖެހޭނީ ކޮން އިރަކު؟

އަމިއްލައަށް ކުރާ ފަރުވާއިން ރަނގަޅުނުވާނަމަ، ނުވަތަ ކަރުތެރޭގައި ވަރަށް ބޮޑަށް ރިއްސައި ދިރުވަން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. ވަރަށް ބޮޑަށް ގޯސްވާ ހާލަތްތަކުގައި ޓޮންސިލް ނެގުމަށް  ޑޮކްޓަރު ލަފާދީފާނެއެވެ.

މައުލޫމާތު: ހެލްތުޑައިރެކްޓު

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox