ސްކޫލް ފުޓްބޯޅަ މުބާރާތާ އެކު ހުޅުމާލޭގައި ފުޓްބޯޅައިގެ ފެށުމެއް

Apr 23, 2026, 11:27 AM
ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 17 އަހަރުން ދަށަށް ބާއްވާ ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތް، ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕް (ކުރީގެ އިންޓަ ސްކޫލް)، އިއްޔެ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސްޓޭޑިއަމްގައި އިއްޔެ ފަށައި، ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ރަސްމީ މުބާރާތެއްގެ މެޗުތަކެއް ކުޅެފި އެވެ. 

ޖުމްލަ އެކު، 25 ސްކޫލް ބައިވެރިވާ މި ފަހަރުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެފައިވަނީ ދެ މެޗެވެ. 

އިއްޔެ ކުޅުނު ފުރަތަަމަ މެޗުގައި ގުޅީ ސްކޫލުން ވަނީ 2-1 އިން އަހުމަދިއްޔާ ސްކޫލްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި، އިއްޔެ ކުޅުނު ދެ ވަަނަ މެޗުން ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލް ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ.

Advertisement

އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ، ހުޅުމާލޭގައި ކުޅޭ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށީ 2004 ވަނަ އަހަރު އެވެ. 

އެފްއޭއެމް އިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރަން ކުރި ބިޑްގައި ދެ ވަނަ ދަނޑެއްގެ ގޮތުގައި، ހުޅުމާލެ ޓްރެކް ދަނޑު ހިމެނި އެވެ. އެކަމަކު، މުޅި މުބާާރާތް ކުޅެފައިވަނީ، ގަލޮޅު ދަނޑުގަ އެވެ. އޭގެ ޖެހިގެން އައި އަހަރު، ގަލޮޅު ދަނޑު މަރާމާތަށް ބަންދުކުރުމަށްޓަކައި، ހުޅުމާލޭ ޓްރެކް ދަނޑުގައި މެޗުތައް ކުޅޭ ގޮތަށް ޕްލޭން ކުރި އެވެ. އެކަމަކު، އެ ގޮތަށް ވިސްނި ނަމަވެސް ގަލޮޅު ދަނޑުގެ މަސައްކަތް ނުފެށި، ކުރިއެކޭ އެއްގޮތަށް ގަލޮޅު ދަނޑުގައި މެޗުތައް ކުޅެމުން ދަނީ އެވެ. 

ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑުގައި.--- ފޮޓޯ: އަދަދު ސްޕޯޓްސް
ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑުގައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ، ގުޅި ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް، ކަލާފާނު ސްކޫލް، އިމާދުއްދީން ސްކޫލް، ކެޔޮދޫ ސްކޫލް، ހުރަވީ ސްކޫލް، މާފުށި ސްކޫލް، މުހިއްދީން ސްކޫލް، ގުރައިދޫ ސްކޫލް، ޖަމާލުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ރެހެންދި ސްކޫލް، ހުރާ ސްކޫލް، އދ. އަތޮޅު ތައުލީމީ މަރުކަޒު، ތާޖުއްދީން ސްކޫލް، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް، ސަލާހުއްދީން ސްކޫލް، އަރަބިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ގާޒީ ސްކޫލް، މަޖީދިއްޔާ ސްކޫލް، ކ. އަތޮޅު މަދަރުސާ، ހިންމަފުށި ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލް އެވެ. 

ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑަކީ މީގެ ކުރިން، ސްޕޯޓްސް މިނިސްޓްރީން އެތުލެޓިކްސް  އެސޯސިއޭޝަންގެ ހަރަކާތްތަކަށް ދީފައި އޮތް ދަނޑެކެވެ. އެ ދަނޑުގައި، ގައުމީ އެތުލެޓިކްސްގެ ޖޫނިއާ އާއި ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގެ އިތުރުން، ގަވާއިދުން އެތުލެޓިކްސްގެ އެކަޑަމީތަކުގެ ޓްރެއިނިންތައް ކުރިއަށްގެންދެ އެވެ. އެ ގޮތުން، މި ދުވަސްވަރަކީ، ސްކޫލްތަކުގެ ކްރިކެޓް މުބާރާތް މާލެ ޓްރެކް ދަނޑުގައި ކުރިއަށްދާ ދުވަސްވަރަކަށްވެފައި، ހުޅުމާލެ ޓްރެކް ދަނޑުގައި، ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތް ބާއްވަން ތައްޔާރުވާއިރު، އެތުލެޓިކްސްގެ އެކަޑަމީތަކުގެ ހަރަކާތްތައް ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްގެންދެވޭނެ ތަނެއް ނެތެވެ. 

އެނގިފައިވާ ގޮތުގައި، ސްޕޯޓްސް މިނިސްޓްރީން ވަނީ، މި ކަމާ ގުޅިގެން، އެފްއޭއެމް އާއި އެތުލެޓިކްސް އެސޯސިއޭޝަނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. 

މުބާރާތުގައި މިއަދު ހަވީރު ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މާފުށީ ސްކޫލުން ކުޅޭނީ މުހިއްދީން ސްކޫލާ އެވެ. އަދި، ދެ ވަނަ މެޗުގައި ކެޔޮދޫ ސްކޫލުން ހުރަވީ ސްކޫލާ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox