ދައުލަތުން ބުނީ ޕާޓީއިން ވަކި ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް
ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކުރި ނަމަވެސް، އެކަމާ ގުޅޭ ގާނޫނެއް ވުޖޫދުގައި ނެތުމުން ގޮނޑި ނުގެއްލޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ. ނަމަވެސް މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މާނަކުރެއެވެ.