ސައުދީގެ ދިފާއުގައި ޕާކިސްތާނުން ހަނގުރާމަމަތީ ބޯޓުތައް ފޮނުވައިފި

Apr 12, 2026, 7:32 AM
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް

އިރާން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ޕާކިސްތާނުގައި ކުރިއަށްދަނިކޮށް ޕާކިސްތާނުގެ އަސްކަރީ ފައިޓަރ ޖެޓްތައް ސައުދީ އަރަބިއްޔާއަށް ފޮނުވައިފިއެވެ.

މިއީ މި އެއްބަސްވުމުގެ ދަށުން ޕާކިސްތާނުން އެޅި އަސްކަރީ ފުރަތަމަ ފިޔަވަޅެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޑިފެންސުން ހާމަކުރި ގޮތުގައި، ފައިޓަރ ޖެޓްތަކާއި ސަޕޯޓް ޖެޓްތައް ހިމެނޭ މި ފްލީޓް ހޮނިހިރު ދުވަހު ވަނީ ސައުދީގެ އިރުމަތީ ޕްރޮވިންސްގައި އޮންނަ ކިންގް އަބްދުލްއަޒީޒް އެއާ ބޭސްއަށް ޖައްސާފައެވެ. މި ޖެޓްތައް ފޮނުވާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން އެއް ގައުމަށް ދޭ ހަމަލާއަކީ އަނެއް ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރިޔާޒަށް ކުރެއްވި ދަތުރުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވުމަށްފަހުއެވެ. ޕާކިސްތާނުގެ ޖެޓްތައް ސައުދީއަށް ޖެއްސި ވަގުތަކީ، ހަފުތާތަކަކަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާ އާއި އިރާނުގެ އިސް ވަފުދުތަކާއެކު އިސްލާމްއާބާދުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މަޝްވަރާތައް ބާއްވަމުންދިޔަ ވަގުތެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަމާޒުތަކަށް އިރާނުން މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފެށި ފަހުން، ޕާކިސްތާނުން ދަނީ ދެ ފަރާތުގެ މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ވިދާޅުވި ގޮތުގައި، ސައުދީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕާކިސްތާނުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން މާޗް މަހުގެ ކުރީކޮޅު އޭނާ ވަނީ އިރާނުގެ ލީޑަރުންނަށް އަމިއްލައަށް އިންޒާރު ދެއްވާފައެވެ.

އިރާނަށް ހަމަލާދިނުމަށް ސައުދީގެ ބިން ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަމަށް އިރާނުން އެދުނު ކަމަށާއި، އެ ޔަގީންކަން ހޯއްދަވައިދެއްވި ކަމަށް އިސްހާގު ދާރު ވިދާޅުވިއެވެ. ނަމަވެސް، ސައުދީގެ މުހިންމު އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާ އެމްބަސީ ހުންނަ އިމާރާތަށް އަމާޒުކޮށް އިރާނުން ދޭ ހަމަލާތައް ކުރިއަށް ގެންދިޔަ އެވެ. މި ހަމަލާތައް ހުއްޓުވުމަށް އެއްބަސްވުމުގެ ދަށުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު މާޗް މަހުގެ ކުރީކޮޅު ރިޔާޒަށް ވަޑައިގެންނެވިއެވެ. އަދި ހޮނިހިރު ދުވަހު ޖެޓްތައް ފޮނުވުމުގެ ހަތަރު ދުވަސް ކުރިން، ބޮޑުވަޒީރު ޝަރީފް ވަނީ ވަލީއަހުދަށް ފޯނުން ގުޅުއްވައި، ސައުދީއާއެކު ޕާކިސްތާނުން "ކޮނޑާއި ކޮނޑު ޖައްސައިގެން" ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ސައުދީން ޕާކިސްތާނަށް ދިނުމަށް އެއްބަސްވެފައިވާ 5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕެކޭޖުގެ މަސައްކަތް އަވަސްކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

ހޮނިހިރު ދުވަހުގެ ކުރީކޮޅު، ސައުދީ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް-ޖަދާން ވަނީ އިސްލާމްއާބާދުގައި ބޮޑުވަޒީރު ޝަރީފާއި، އިސްހާގު ދާރު އަދި އާސިމް މުނީރާ ބައްދަލުކުރައްވާފައެވެ.

ސައުދީ އަރަބިއްޔާއަކީ ޕާކިސްތާނުގެ 2.5 މިލިއަނެއްހާ މަސައްކަތްތެރިން ދިރިއުޅޭ ގައުމެކެވެ. އެ މީހުން ފޮނުވާ ފައިސާއަކީ ޕާކިސްތާނުގެ ބަލިކަށި އިގްތިސާދު ހިފެހެއްޓުމަށް ލިބޭ ބޮޑު އެހީއެކެވެ. އަދި ސައުދީން ދަނީ ތަކުރާރުކޮށް ޕާކިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިސްލާމްއާބާދުގައި ހުންނަ ސެކިއުރިޓީ އެނަލިސްޓެއް ކަމަށްވާ އިމްތިޔާޒް ގުލް އަލްޖަޒީރާއަށް ބުނި ގޮތުގައި، މި ޖެޓްތައް ފޮނުވުމަކީ އަސްކަރީ ގޮތުން ކުރިމަތިލުމަކަށް ދިއުމެއް ނޫނެވެ. ނަމަވެސް މިއީ ޕާކިސްތާނުން ސައުދީއަށް ވެފައިވާ އިގުރާރުތައް އިރާނަށް ހަނދާންކޮށްދިނުމަށް ކުރި ކަމެކެވެ. ސައުދީގެ އަމިއްލަ ވައިގެ ސިފައިންގެ ބާރު ހުރި ގޮތުން، ތިން ޖެޓް ފޮނުވުމަކީ އަސްކަރީ ގޮތުން މާ ބޮޑު ތަފާތެއް އަންނާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ އިތުރަށް ބުނީ، މިއީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އިރާނުން ދޫދިނުމަށް ބާރުއެޅުމުގެ ގޮތުން ދިން މެސެޖެއް ކަމަށާއި، ސައުދީއާއެކު އޮތް ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ޕާކިސްތާނުން އަދާކުރަންޖެހޭ ޒިންމާތަކެއް ހުރިކަން ހާމަކޮށްދިނުމެއް ކަމަށެވެ.

އެޓްލާންޓިކް ކައުންސިލްގެ ސައުތު އޭޝިއާ ސީނިއާ ފެލޯ މައިކަލް ކުގަލްމަން އަލްޖަޒީރާއަށް ބުނި ގޮތުގައި، ޕާކިސްތާނުގެ މި ނިންމުމަކީ "ނުރައްކާތެރި އުކުޅެކެވެ."

ކުގަލްމަން ބުނި ގޮތުގައި، މިއީ އިރާނުން އެއްބަސްވުމަކަށް އައުމަށް ދޫނުދީ، ހަމަލާތައް އަލުން ފަށައި ވަރުގަދަކޮށްފިނަމަ، ޕާކިސްތާނުން ސައުދީއާ ގާތްވެ، ދިފާއީ އެއްބަސްވުމުގެ ބޭނުން ހިފާފާނެ ކަމުގެ އިންޒާރެއް އިރާނަށް ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox